March 23, 2026
Advertisement
 ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވާހަކަ ދައްކަވަނީ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވާހަކަ ދައްކަވަނީ. / ރައީސް އޮފިސް

އިންޑިޔާ އައުޓްގެ ކެމްޕެއިނަކުން ވެރިކަމަށް އައި ވެރިޔާ އިންޑިޔާއަށް ސަލާން ޖަހަންދާ ދަތުރުގެ ތާރީހެއް، މަގްސަދެއް ހީނާއަށް ނުބުނެދެވުނު

Aishath Naja
އައިޝަތު ނަޖާ
Sep 17, 2024, 04:33 AM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވާނެ ތާރީހެއް އަދި އެ ދަތުރުގެ މަގުސަދެއް ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅެއްނުވެވުނެވެ.

Advertisement

ނޫސްވެރިއެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ އެ ދަތުރުގައި ރައީސް ވަޑައިގަންނަވާނީ ދެ ގައުމުގެ ވެރިންނަށް ވެސް ފަސޭހަ ވަގުތެއްގައި ކަމަށެވެ. އަދި ވިދާޅުވީ ދެ ގައުމުގެ ގުޅުން ބަދަހިވެފައިވާ ހުރިހާ ދާއިރާއަކުން އެ ދަތުރުގައި މަޝްވަރާ ކުރާނެ ކަމަށެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ހީނާ ވިދާޅުވީ ސެޕްޓެމްބަރު 10، ގަ އެވެ.

އިންޑިއާ ސަރުކާރުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބްލޫމްބާގް ނޫހުގައި ލިޔެފައި ވަނީ ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުގައި ރާއްޖެ މާލީ އެހީ ހޯއްދަވަން މަސައްކަތް ކުރައްވާނެ އެވެ.

ކުރިން ވާހަކަ ދެކެވުނު ކަރަންސީ ސްވޮޕުގެ އިތުރުން 2019 ވަނަ އަހަރު އެއްބަސްވެފައިވާ ލައިން އޮފް ކްރެޑިޓުގެ ދަށުން ރާއްޖެއަށް ފައިސާ ދޫކުރަން ތައްޔާރަށް އިންޑިއާ އޮތް ކަމަށް ވެސް ބްލޫމްބާގުން ބުނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved