March 24, 2026
Advertisement
ފަތުރުވެރިން ރާއްޖޭގައި
ފަތުރުވެރިން ރާއްޖޭގައި / މޯލްޑިވްސް ރިޕަބްލިކް

ޓެރަރިޒަމްގެ ހަމަލާއެއް ދިނުމުގެ ބިރު އޮތް ކަމަށް ބުނެ ރާއްޖެއަށް ދަތުރުކުރުމަށް އިނގިރޭސިވިލާތުން އެޑްވައިޒަރީ ނެރެފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 3, 2025, 02:36 AM
މާލެ ސިޓީ

ޓެރަރިޒަމްގެ ހަމަލާއެއް ދިނުމުގެ ބިރު އޮތް ކަމަށް ބުނެ ރާއްޖެއަށް ދަތުރުކުރުމަށް އިނގިރޭސިވިލާތުން އެޑްވައިޒަރީ ނެރެފިއެވެ.

Advertisement

އިނގިރޭސިވިލާތުން މިއަދު އެ ގައުމުގެ ރައްޔިތުންނަށް އަމާޒުކޮށް ނެރުނު ޓްރެވަލް އެޑްވައިޒަރީ ގައި ބުނެފައިވަނީ އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާ ދިނުމަށް ބައެއް ޓެރަރިސްޓު ޖަމާއަތްތަކުން ގޮވާލާފައިވާ ކަމަށެވެ.

އެހެންކަމުން، އިނގިރޭސިވިލާތުގެ ރައްޔިތުންނާ ދެކޮޅަށް ރާއްޖޭގައި ވެސް ހަމަލާއެއް ދީފާނެ ކަމަށް އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ނެރުނު އެޑްވައިޒަރީގައި ވެއެވެ. ފޮރިން އޮފީހުން ބުނީ އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ނުދޭނެ ކަމަށް ޔަގީންކަން ނުދެވޭނެ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ދަތުރުކޮށް އުޅުމުގައި ހުރިހާ ފަތުރުވެރިންވެސް އެމީހުންގެ އަމިއްލަ ރައްކާތެރިކަން ކަށަވަރުކޮށް އަދި ރާއްޖޭގެ ގާނޫނުތަކާ ގަވާއިދުތަކަށް ބޯ ލެނބުމަށް އިރުޝާދުދީފައިވެއެވެ.

އިނގިރޭސިވިލާތުން މިފަދަ އެޑްވައިޒަރީއެއް ނެރެފައިވަނީ އެ ގައުމުގެ ރައްޔިތުންނަށް ހަމަލާދޭން ގޮވާލާފައިވާތީއެވެ، އެފަދައިން ދުނިޔޭގެ އެކި ހިސާބުތަކުގައި ގޮވާލާފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލުހޭދު ކުރުމަށް އިނގިރޭސިވިލާތުން ތާއީދުކޮށް، އިޒްރޭލަށް ހަތިޔާރު ވިއްކާތީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved