March 24, 2026
Advertisement
އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލަމީ
އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލަމީ / އޭއެފްޕީ

ޣައްޒާއަށް އިންސާނީ އެހީތައް ވަނުން ހުއްޓުވުމުން އިނގިރޭސިވިލާތުން ސަހްޔޫނީނާއިއެކު ކުރަމުންދާ ވިޔަފާރީގެ މަޝްވަރާތައް މެދުކަނޑާލައިފި

Hussain Nawaf
ހުސައިން ނަވާފް
May 21, 2025, 10:46 PM

އިނގިރޭސިވިލާތުން ސަހްޔޫނީންނާއިއެކު ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ހުއްޓާލައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމައިފިއެވެ.

Advertisement

ސަހްޔޫނީންގެ ސާބިތު އެކުވެރިއެއްކަމަށްވާ އިނގިރޭސިން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ކުއްލިއަކަށް ރާގު ބަދަލުކޮށްލީ ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ޣައްޒާއަށް އިންސާނީ އެހީތައް ވަނުން ގާތްގަނޑަކަށް މުޅިން ހުއްޓުވުމުންނެވެ.

އަންގާރަ ދުވަހު ހައުސް އޮފް ކޮމަންސް އިން ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ ޑޭވިޑް ލަމީ ވަނީ މި އިންޒާރުތަކަށް ތަބާވެ ސަހްޔޫނީންނާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ހުއްޓާލާފައިވާކަން އިއުލާން ކުރައްވާފައެވެ.

ހުޅަނގު އައްސޭރީގައި ވަޒަންވެރިވާ މީހުންނާ ދެކޮޅަށް އައު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން ލަންޑަނުގައި ހުންނަ ސަހްޔޫނީންގެ ސަފީރު ޒިޕީ ހޮޓޯވެލީވަނީ އިނގިރޭސި ފޮރިން އޮފީހަށްވެސް ހާޒިރު ކޮށްފައެވެ.

ނަތަންޔާހޫގެ ކެބިނެޓްގައި ތިބި ވަޒީރުން "ޣައްޒާގެ ނަސްލު ނައްތާލުމަށް" ގޮވާލާ ގޮވާލުންތަކަކީ ހައްދުފަހަނަޅާފައިވާ ކަމެއް ކަމާއި އެއީ ނުރައްކާތެރި ކަމެއްގެ ގޮތުގައި އޭނާވަނީ ސިފަކޮށްފައެވެ.

މެއި މަހުގެ 19 ވީ ހޯމަ ދުވަހު ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާއި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީއާ ގުޅިގެން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ފުޅާވުމާއި ސަހްޔޫނީ ސަރުކާރުން ބަނޑުހައިހޫނުކަމުގެ ތެރެއަށް ދޫކޮށްލައިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ތަހައްމަލު ނުކުރެވޭފަދަ އިންސާނީ ތަކުލީފުތައް ވަރުގަދައަށް ކުށްވެރި ކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved