March 24, 2026
Advertisement
ޔޫކޭ ހައިކޮމިޝަނުން ވަނީ މިނިވަން ނޫސްވެރިކަން ދަމަހައްޓަން ގޮވާލާފައި
ޔޫކޭ ހައިކޮމިޝަނުން ވަނީ މިނިވަން ނޫސްވެރިކަން ދަމަހައްޓަން ގޮވާލާފައި / ސޯޝަލް މީޑިއާ

މިނިވަން ނޫސްވެރިކަން ދެމެހެއްޓުމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ގޮވާލާއިފި

Mariyam Isaadha
މަރިޔަމް އިސާދާ
Sep 20, 2025, 12:58 AM
މާލެ ސިޓީ

މިނިވަން ނޫސްވެރިކަން ދެމެހެއްޓުމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ގޮވާލާއިފިއެވެ.

Advertisement

ޚިޔާލާ ފިކުރުގައި ތަޅުއަޅުވާ ނޫސްވެރިންގެ ގަލަންތަކުގައި ދޯރި ޖަހަން މަޖްބޫރުކުރާ ބިލެއް ތަސްދީގުކޮށް ރައީސް ޑރ މުހައްމަދު މުއިއްޒު ގާނޫނަކަށް ހެދުމުން އެކަމާ ދެކޮޅަށް ޔޫކޭ ހައިކޮމިޝަންއިން ވަނީ އެކްސްގައި ޕޯސްޓުކޮށްފައެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ، މިދިޔަ އަހަރު ސަމޯއާގައި ބޭއްވި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި، މިިނިވަން ނޫސްވެރިކަމަށް ފުރުސަތު ދިނުމަށް ވެފައިވާ އެއްބަސްވުމަށް އިހުތިރާމުކޮށް، އެ އެއްބަސްވުން ނެގެހެއްޓުމަށް ގޮވާލާކަމަށެވެ.

އިނގިރޭސި ހައި ކޮމިޝަނުްނ ވަނީ މިދިޔަ އަހަރު ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ މެދުގައި ސަމޯއާގައި ބޭއްވި ބައްދަލުވުމުގައި މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމަކީ ޑިމޮކްރެސީއެއްގެ މުހިންމު އަސާސް ކަމަށް ހުރިހާ ގައުމަކުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

ޔޫކޭގެ އިތުރުން އެމެރިކާއިން ވެސް ވަނީ ރާއްޖެއަށް މިނިވަން ނޫސްވެރިކަމަށް ހުރަސް ނޭޅުމަށް ގޮވާލާފައެވެ.

ރައީސް މުއިއްޒު އާ ސަރުކާރުން ވަނީ ސަރުކާރަށް ފާޑުކިޔާ އަދި ކޮރަޕްޝަން އާ ވައްކަމުގެ ވާހަކަ ނޫސްވެރިން ދައްކާތީ ބިލެއް ގާނޫނަކަށް ހަދާ ނޫސްވެރިންގެ އަނގަ ބަންދުކުރަން މަގު ފަހި ކޮށްފައި ކަމަށް ގިނަ ބަޔަކު ދެކެއެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved