May 3, 2026
Advertisement
މާމިގިލީ ކަނދިލި މިސްކިތް - ފޮޓޯ/ ހެރިޓޭޖު މިނިސްޓްރީ
މާމިގިލީ ކަނދިލި މިސްކިތް - ފޮޓޯ/ ހެރިޓޭޖު މިނިސްޓްރީ / ހެރިޓޭޖް މިނިސްޓްރީ

މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ލިސްޓަށް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Apr 4, 2025, 04:18 AM
މާލެ ސިޓީ

އދ. މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމެނުމަށް ހެރިޓޭޖު މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

Advertisement

ހެރިޓޭޖު މިނިސްޓްރީން ބުނި ގޮތުގައި މިއީ ވަރަށް މަތީ ފެންވަރުގެ ރީތި ހިރިގަލުގެ ފަންނީ މަސައްކަތެއް ފެންނަ މިސްކިތެކެވެ. އަދި މި މިސްކިތުގައި ގަލު ވަޑާމަކީ ތަފާތު މަސައްކަތްތަކެއް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ކަނދިލި މިސްކިތް ތަރިކައިގެ ލިސްޓުގައި ހިމެނީ މާމިގިލީ ކައުންސިލުގެ އެދުމުގެ މަތިން، ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އާއި އެ ކައުންސިލުގެ ރައީސް އިމާދު ފާރޫގާ މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ހުރި ތަރިކަތަކުގެ ތެރެއިން ވެސް ހިރިގަލު މިސްކިތްތަކަކީ، ވަރަށް ހާއްސަ ތަރިކަތަކެވެ. މި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އަރުވަން މަސައްކަތް ކުރާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. މި މަސައްކަތުގެ ދަށުން ހުކުރު މިސްކިތް ހިމެނޭހެން، ހިރިގަލުން ހަދާފައިވާ ހަތް މިސްކިތެއް ވަނީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމަނައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved