

މިއަދު މެންދުރު އދ. މާމިގިލީ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް 15 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މާމިގިލީ ކައިރިއަށް މެންދުރު ހަތަރު ކުދިން ފީނަން ދިޔަ ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލަ 19:00ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފާއި ރަށު ރައްޔިތުން ކުރަމުންދަނިކޮށް އެ ކުއްޖާ ފެނިފައިވަނީ ބޭރުން ކަނޑު އަޑިންނެވެ.
ކުއްޖާގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ނިޔާވެފައިވަނީ، މާމިގިލި / ރޯޅި، ލޫތު އަހުމަދެވެ.