May 3, 2026
Advertisement
މާމިގިލި ރައްޔިތުން އެރަށު ކައުންސިލް ކުރިމަތީ މުޒާހަރާ ކުރަނީ
މާމިގިލި ރައްޔިތުން އެރަށު ކައުންސިލް ކުރިމަތީ މުޒާހަރާ ކުރަނީ / ސޯޝަލް މީޑިއާ

މާމިގިލި ޕޯޓް ހިންގި ބިން ކައުންސިލުން ދޫކޮށްލަން ނިންމުމުން އާންމުން މުޒާހަރާ ކޮށްފި

Fathmath Reem
ފާތުމަތު ރީމް
Feb 16, 2024, 05:11 PM

މާމިގިލި ކައުންސިލުން އެރަށު ޕޯޓު ހިންގި ބިން ދޫކޮށްލަން ނިންމުމުން ރަށުގެ ރައްޔިތުން މުޒާހަރާކޮށްފިއެވެ.

Advertisement

މާމިގިލީ ކައުންސިލް އިދާރާ ކުރިމައްޗަށް އާންމުން އެއްވެ ބުރާސްފަތި ދުވަހު މުޒާހަރާ ކޮށްފައިވަނީ އެ ރަށު ކައުންސިލުން ޕޯޓު ހިންގި ބިން ދޫކޮށްލަން ނިންމުމާ ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާމިގިލީގައި ކުރިން ޕޯޓް ހިންގި ބިން އެރަށު ކައުންސިލުން ދޭން ނިންމާފައިވަނީ އެ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.

އެ ރަށު ރައްޔިތުން ބުނެފައިވާ ގޮތުގައި އެ ރަށުގު ލޭންޑް ޔޫސް ޕްލޭން ސަރުކާރުން ހަދައފާ ވަނީ ރައްޔިތުން ބޭނުންވި ގޮތަކަށް ނޫނެވެ، ރައްޔިތުންގެ ހިޔާލު ސަރުކާރުން ހޯދުމަށްފަހު ސަރުކާރާ ރަށުގެ ކައުނސިލުން ދިނީ ބީރު ކަންފަތެއް ކަމަށް މުޒާހަރާ ގެ ބައިވެރިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރަށުގެ ރައްޔިތުންނަށް ގޯތި ދިނުން ނުހިމަނާ ވަކި ބައެއްގެ މަސްލަހަތަށް ބިން ދޫކުރަން ނިންމާފައިވާތީ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މުޒާހަރާގެ ބައިވެރިން ނިކުތީ އެމީހުން ޝުއޫރުތަށް ބޯޑުތަކުގައި ލިޔެގެންނެވެ. ބައެއް ބޯޑުތަކުގައި ބުނެފައިވާ ގޮތުން ކައުންސިލުން ލޭންޑް ޔޫޒް ޕްލޭން ފާސް ކޮށްފައިވަނީ ބައެއް ކައުންސިލަރުންނަށް ފައިދާވާ ގޮތަށް މަކަރާ ހީލަތުންނެވެ.

މީގެ އިތުރުން މާމިގިލި އެއާޕޯޓް އަޅަން 2000 ޑޮލަރަށް ބިން ދޫކޮށްފައިވަނި އެރަށުގައި ހޮސްޕިޓަލެއް އެޅުމަށް ޝަރުތުކޮށްފައި ނަމަވެސް ހޮސްޕިޓަލްގެ މަސައްކަތް އަދިވެސް ނުފައްޓާކަމަށް ރައްޔިތުން ވަނީ ފާހަގަކޮށްފަ އެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި މާމިގިލީގައި ހިންގަން ފެށި ޕޯޓްގެ މަސައްކަތްތައް ހުއްޓާލާފައިވަނީ ނިމިދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެހެންނަމަވެސް ޑރ މުއިއްޒު ވަނީ ރިޔާސީ ވައުދެއްގެ ގޮތުގައި ޕޯޓުގެ މަސައްކަތް އަލުން ފެށުން ހިމަނާފައެވެ.

ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން ދަނީ ޕޯޓްގެ މަސައްކަތް ފެށުމަށް ސަރުކާރުން ވައުދުވެފައިވަނިކޮށް އެ ބިން އަމިއްލަ ފަރާތަކަށް ދޭން ނިންމުމާ ގުޅިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved