theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އައިޖީއެމްއެޗްގެ މުވައްޒަފުން މަސައްކަތުގައި / igmh
ހަބަރު
ދިވެހިރާއްޖެ 2.0 ގައި ޑޮކްޓަރުންނަށް ބޭސް ލިޔަންވީ ގޮތް ކިޔައިދެނީ ޕީއެންސީގެ ބޮޓުން
26 މޭ 2025

ދިވެހިރާއްޖެ 2.0 ގައި ޑޮކްޓަރުންނަށް ބޭސް ލިޔަންވީ ގޮތް ކިޔައިދެނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ ބޮޓުންނެވެ.

ޕެނެޑޯލް ޗިލްޑްރަން ނުލިބުމުގެ ސަބަބުން އާންމު ރައްޔިތެއްވަނީ އެ ބޭސް ހޯދުމަށް ގިނަ ބޭސް ފިހާރަތަކެއް ބެލިއްޖެ ކަމާއި އެ ބޭސް ނުލިބުންކަމަށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި އެ ބޭސް ލިބޭނެ ތަނެއްވެސް އެއްވެސް މީހަކަށް އިނގޭތޯވަނީ ސުވާލު އުފައްދާފަ އެވެ.

އެ ޓްވީޓަށް ރައްދު ދެއްވާ ޕީއެންސީއަށް ނިސްބަތްވާ މުހައްމަދު ރިފާއުވަނީ ކިޑްސް ޕެރެސެޓަމޯލް ހުރިކަމަށް ބުނެފައެވެ.

އަދި މިއަދު މުހިންމީ ބްރޭންޑަށް ވުރެއް ޖެނެރިކް ބޭހަށް ހޭލުންތެރިވުންކަމަށް އޭނާ ފާހަގަ ކުރިއެވެ.

އަފަމޯލް ޗިލްޑްރަން ދިވެހިރާއްޖެއިން ލިބޭ ކަމާއި އެ ދެ ބޭހުންވެސް ކުރަނީ އެއް ފަރުވާ އެއް ކަމާއި ތަފާތަކީ ހަމަ އެކަނި ބްރޭންޑްކަމަަށް ރިފާއު ބުނެއެވެ.

އެހެންކަމުން ޖެނެރިކް ބޭސް މުހިންމުވަނީ އެހެންވެ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved