އެސްޓީއޯ ފާމަސީގެ މުވައްޒަފުންތަކެއް / ސޯޝަލް މީޑިއާ
ހަބަރު
ފަމާސީތަކުން އަސާސީ ބޭސް އަދިވެސް ނުލިބޭ
Hussain Nawaf
ހުސައިން ނަވާފް
22 އޭޕްރީލު 2025

ސަރުކާރުން ބުނި ތާރީޚު ފަހަނައަޅައި ދިޔައިރު ވެސް ފަމާސީތަކުން އަސާސީ ބޭސް ނުލިބޭތީ ރައްޔިތުން ނުރުހުން ފާޅު ކުރަން ފަށައިިފިއެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެސްޓީއޯ ބޭސްފިހާރަތަކުން ދަތިކަމެއް ނެތި ލިބޭނެކަމަށް މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައެވެ.

މިއަދަށް ހަފުތާއެއްވީއިރު ވެސް މާލޭގެ ގިނަ ފާމަސީތަކުންނާއި އަތޮޅުތެރޭގެ ރަށްރަށުގެ ފާމަސީތަކުން ބޭސް ނުލިބޭ ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ޕެނަޑިންނާއި އެލެގްރާ އާއި ވިޓަމިން ސީ ޖަސްޑީ ފަދަ ބޭސްތައް ނެތްކަން ރައްޔިތުންދަނީ ފާހަގަ ކުރަމުންނެވެ.

ފާމަސީތަކުން ބޭސް ނުލިބޭ ކަމަށް ގިނަ ބަޔަކު ބަޔަކު ބުނަމުންދާއިރު މި މައްސަލައިގައި މިހާތަނަށް ފޯނު ނުނެގުމުގެ ސަބަބުން 13 އޮންލައިނަށްވަނީ އެސްޓީއޯގެ ބަހެއް ލިބޭ ގޮތެއް ނުވެފައެވެ.

ރައްޔިތުންނަށް ބޭނުންވާ ބޭސްތައް ލިބުމުގައި ގިނަ ދަތިކަމެއް ހުރި އިރު ސަރުކާރުން މަސައްކަތް ކުރަނީ ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން މިސައިލާއި ސްޕެޝަލް އޮޕަރޭޝަން ވެހިކަލްފަދަ ތަކެތި ގަތުމަށް ބޮޑެތި ހަރަދުތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved