theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު / މިހާރު
ހަބަރު
ލިންކްރޯޑުގައި ހުރި ވަޅުގަނޑުތަކަަށް ވެލި އަޅަނީ މަރާމާތު ކުރަން ފައިސާ ނެތިގެން: މޭޔަރ ނިޒާރު
Hussain Nawaf
ހުސައިން ނަވާފް
28 މޭ 2025

އައްޑޫ ސިޓީ ލިންކްރޯޑުގައި ހުރި ވަޅުގަނޑުތަކަަށް ވެލި އަޅާއި އެފަދަ ގޮތަކަށް މަރާމާތު ކުރަނީ ތާރުއަޅާ މަގު ހެދޭނެ ވަރަށް ސަރުކާރުގައި ފައިސާ ނެތިގެން ކަމަށް އެ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މަގުގައި ހުރި ވަޅުގަނޑުތަކަށް ދޮންވެލި އަޅަމުންދާ މަންޒަރު ފެންނަ ފޮޓޯތަކެއް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓު، ޕަބްލިކް ވޯކްސް އިން އެކްސްގައިވަނީ ޕޯސްޓެއްކޮށްފަ އެވެ.

މަގުތައް އޮތީ ހަލާކުވެފައި ކަމަށާއި ދޮންވެލި ފިޔަވައި އެ ތަންތަނަށް އަޅާނެ އެއްޗެއް ނެތްކަމަށް މި މައްސަލަ އާއި ގުޅިގެން ނިޒާރާއި ހަވާލާދީ އަދަދު ނޫހުންވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ދެއްވި ޖަވާބަކީ މިނިސްޓްރީގައި ތާރު އަޅާނެ ފައިސާ ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުގައި ތާރު ނެތްކަން ނިޒާރު ހާމަ ކުރެއްވިއެވެ. ނަމަވެސް 50 ފީފާ ތާރު ހޯދަން އިއުލާނުކޮށްފައިވާނެ ކަމާއި އެ ތަކެތި ލިބުމުން އެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އަދަދު ނޫހުގައިވަނީ ރިޕޯޓުކޮށްފައެވެ.

މިއަދު މާލޭގެ ތާރު އެޅި މަގުތައްވެސް ވަޅުގަނޑު ހެދުމުން އެތަންތަން މަރާމާތު ކުރަނީ ގައު އަޅައިގެންކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved