April 15, 2026
Advertisement
ފްލައިޓެއް ވީއައިއޭ ރަން ވޭގައި
ފްލައިޓެއް ވީއައިއޭ ރަން ވޭގައި / ސޯޝަލް މީޑިއާ

އިރާން-އިސްރޭލު ހަނގުރާމަ ފެށިފައިވަނިކޮށް، އެމެރިކާގެ އަސްކަރީ ބޯޓެއް ވީއައިއޭއަށް ޖައްސައި ޓްރެކާ ނިއްވާލައިފި

Yana Shareef
ޔާނާ ޝަރީފް
Mar 1, 2026, 01:42 AM

އިރާނާއި އިސްރޭލާ ދެމެދު އިއްޔެ ފެށުނު ނުރައްކާތެރި ހަނގުރާމައިގެ ސަބަބުން މުޅި މެދުއިރުމައްޗާއި ދުނިޔޭގެ މަސްރަހު ގަދައަށް ހޫނުވެފައިވަނިކޮށް، އެމެރިކާގެ އަސްކަރީ މުދާ އުފުލާ މަތިންދާބޯޓެއް ކަމަށްވާ C130 Lockheed L-100-30 (382G) މީގެ ކުޑަވަގުތުކޮޅެއް ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.

Advertisement

ބައިނަލްއަގުވާމީ ފްލައިޓް ޓްރެކިންގ ސައިޓްތަކުން ފެންނަ ގޮތުގައި، މި ބޯޓު ރާއްޖެއަށް ޖެއްސުމާއެކު އޭގެ ޓްރެކާ  ވަނީ ނިއްވާލާފައެވެ.

މިއީ އާންމުކޮށް އަސްކަރީ ސިއްރު އޮޕަރޭޝަންތަކުގައި ނުވަތަ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކުރާ ކަމަކަށްވާއިރު، ސަރަހައްދީ ހަނގުރާމައެއް ފެށިފައިވާ މި ދަނޑިވަޅުގައި މިފަދަ ބޯޓެއް ރާއްޖޭގައި މަޑުކުރުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

މި ބޯޓު ރާއްޖެއަށް އައި ސަބަބެއް އަދި ރަސްމީ އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved