March 1, 2026
Advertisement
Khaamanai
Khaamanai / އިރާންއެމޭޒް.ކޮމް

ރަމަޟާން މަހުގެ 17 ވަނަ ދުވަހަކީ އިސްލާމީ އުންމަތް ފަޚުރުވެރިވާނެ ފަދަ ދުވަހެއް: އިރާން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 28, 2026, 09:56 PM
މާލެ ސިޓީ

އީރާނުގެ ރޫހާނީ ލީޑަރު އަޔަތުﷲ އަލީ ޚާމަނައީ، އިޒްރޭލުން ދިން ހަމަލާތަކަށް ރައްދު ދެއްވައި، މިއަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހަކީ އިސްލާމީ އުންމަތް ފަޚުރުވެރިވާނެ ފަދަ ކާމިޔާބީއެއް ލިބޭނެ ދުވަހަކަށް ހަދާނެ ކަމަށް ވިދާޅުވެއްޖެއެވެ.

Advertisement

އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއެކު އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ޚާމަނައީ ވިދާޅުވީ، ނަސްރު ދެއްވާނީ ހަމައެކަނި މާތްﷲ ކަމަށާއި، މިފަހަރު އީރާނުގެ އަސްކަރިއްޔާއިން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި މާތްﷲގެ ވާގިފުޅާއެކު އިޒްރޭލުގެ އުދުވާނަށް ވަރުގަދަ ރައްދެއް ދިނުމަށް އީރާނުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.

އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް ބަދުރު ހަނގުރާމައިގެ ޒިކުރާ އާކުރާ ދުވަހު (ރަމަޟާން މަހުގެ 17 ގައި)، އިސްލާމީ އުންމަތަށް އުފާވެރިކަން ލިބޭނެ ފަދަ ނަތީޖާއެއް ދައްކުވައިދޭނެ ކަމަށެވެ. މިއީ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، އީރާނުގެ ސިޔާދަތަށް އަރައިގަތުމުގެ ބަދަލުހިފުމުގެ ގޮތުން ކުރިއަށްގެންދާނެ ހަރަކާތެއްކަން އެ ގައުމުން ވަނީ ހާމަކޮށްފައެވެ.

ޚާމަނައީ އިތުރަށް ވިދާޅުވީ، އެމެރިކާގެ އެހީތެރިކަމާއެކު އިޒްރޭލުން ހިންގާ މިފަދަ ޖަރީމާތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށާއި، އިސްލާމީ ގައުމުތަކުގެ ދިފާއުގައި އީރާނުން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved