March 10, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 15, 2025, 03:22 AM
މާލެ ސިޓީ

ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީގައި އެ ގައުމުގެ 79 ވަނަ މިނިވަންދުވަސް ފާހަގަކޮށްފިއެވެ.

Advertisement

މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ އިތުރުން ރާއްޖޭގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ.

މި ހަފްލާގައި ޕާކިސްތާނުގެ ރައީސް، ބޮޑު ވަޒީރު އަދި ބޮޑު ވަޒީރުގެ ނައިބުގެ މެސެޖްތައް ހިއްސާކޮށް، ކުރިއަށް އޮތް އަހަރުތަކުގައިވެސް ޕާކިސްތާނާއި ދިވެހިރާއްޖެއާއި ދެމެދު ދިގުދެމިގެންދާ ހަރުދަނާ ގުޅުންތައް ގާއިމުވެގެންދާނެ ކަމުގެ ޔަގީންކަން ފާޅުކޮށްފައިވެއެވެ.

ޕާކިސްތާނުގެ ހައި ކޮމިޝަނަރ ލޯދީ ފާހަގަކުރެއްވި ގޮތުގައި މިއަދަކީ މިހާރުގެ ޕާކިސްތާން އުފެދުމަށް މެދުވެރިވި ހިތްވަރާއި އެއްބައިވަންތަކަމާއި ގުރުބާނީތަކުގެ ހަނދާން އާކޮށްދޭ ދުވަހެއް ކަމަށެވެ. އަދި އަޒާމް މުހައްމަދު އަލީ ޖިނާހު ފަދަ ބޭފުޅުންގެ ލީޑަރޝިޕްގެ ދަށުން ޕާކިސްތާނުގެ ރައްޔިތުން ވެވަޑައިގެންނެވި ގުރުބާނީތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.

ފާއިތުވެދިޔަ 8 ގަރުނުގެ ތެރޭގައި ޕާކިސްތާނުން ގިނަގުން ގޮންޖެހުންތަކާއި ކުރިމަތިލާފައިވާ ކަމަށް ފާހަގަކުރައްވާ ހައި ކޮމިޝަނަރ ވިދާޅުވީ މިދިޔަ އަހަރުތަކުގެ ތެރޭގައި ޕާކިސްތާނަށް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދިފައި ކަމަށެވެ.

މީގެ އިތުރުން، ކަޝްމީރާއި ފަލަސްތީނުގެ ރައްޔިތުންނަށް ޕާކިސްތާނުން ތާއީދު އޮތްކަން ކަށަވަރުކޮށްދެއްވަމުން ހައި ކޮމިޝަނަރ ވަނީ ޕާކިސްތާނާއި ރާއްޖެއާއި ދެމެދު ގާއިމުވެފައިވާ ސިޔާސީ، އިގްތިސާދީ، ދިފާއީ އަދި ސަގާފީ ގުޅުންތަކަށް އަލިއަޅުވާލައްވާފައެވެ.

މިއާއިއެކު ޤައުމީ ތަރައްޤީއަށް ދެ ގައުމުން ކުރަމުންދާ ދައުރާއި ދެޤައުމުގެ ގުޅުން ބަދަހިކުރުމުގައި ޕާކިސްތާނުގެ މުޖުތަމަޢު އާއި ދިވެހިން އަދާކުރާ ދައުރަށް ތައުރީފު ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved