April 3, 2026
Advertisement
ގާޒާ
ގާޒާ / ރޮއިޓަރސް

‎ސަހްޔޫނީންގެ ހަމަލާތަކުގެ ސަބަބުން ޣައްޒާއިން މުއާސަލާތީ ހިދުމަތް މެދުކެނޑިއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 17, 2025, 10:53 PM
މާލެ ސިޓީ

ނިރުބަވެރި ސަހްޔޫނީންގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން މުއާސަލާތީ ހިދުމަތް ކެނޑިފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

ފަލަސްތީނުގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަން ބުނީ، ސަހްޔޫނީންގެ ހަމަލާތަކާއި ގުޅިގެން އިންޓަނެޓާއި ފޯނުގެ ހިދުމަތް ޣައްޒާގެ އުތުރުން ކެނޑިފައިވާ ކަމަށެވެ

އެ ކޮމިޝަނުން ބުނި ގޮތުގައި އެކަން ދިމާވެފައިވަނީ އެ ސަރަހައްދުގައި ހުރި އެވަސީލަތްތައް ފޯރުކޮށްދޭ ތަންތަނަށް ސަހްޔޫނީނުން ހަމަލާދިނުމުން ކަމަށެވެ. އަދި މިވަގުތު ނުރައްކަލެއް އޮތް ނަމަވެސް އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ވެސް ވަނީ ހާމަކޮށްފައެވެ

ސަހްޔޫނީންގެ ހަމަލާތަކާއި ގުޅިގެން ޣައްޒާގެ އުތުރުން މުއާސަލާތީ ހިދުމަތް ކެނޑިފައިވާއިރު، 7 އޮކްޓޫބަރު 2023 އިން ފެށިގެން އެގައުމުން ދެމުން އަންނަ ހަމަލާތަކުގައި އެތައް ފަހަރެއްގެ މަތިން ޣައްޒާގެ އެކި ސަރަހައްދުތަކުން ވަނީ މުއާސަލާތީ ހިދުމަތް ކެނޑިގެން ގޮސްފައެވެ. މީގެ އިތުރު ބޮޑު ސަރަހައްދެއްގައި ކަރަންޓުގެ ހިދުމަތް ވެސް ނެތް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved