April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި އޮސްޓްރޭލިއާއިން ރަސްމީކޮށް ބަލައިގެންފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 22, 2025, 01:32 AM
މާލެ ސިޓީ

ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އޮސްޓްރޭލިއާ އިން ރަސްމީކޮށް ބަލައިގަނެ، މެދުއިރުމައްޗާއި މެދު ދެކޭ ގޮތް އޮސްޓްރޭލިއާއިން ވަރަށް ބޮޑަށް ބަދަލުކޮށްފިއެވެ.

Advertisement

ބޮޑުވަޒީރު އެންތަނީ އަލްބަނީޒް މިކަން އިއުލާން ކުރެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ "މިއަދުން ފެށިގެން ކޮމަންވެލްތު އޮފް އޮސްޓްރޭލިޔާއިން ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތް ރަސްމީކޮށް ބަލައިގަންނަ ކަމަށެވެ."

ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އޮސްޓްރޭލިއާ އިން ރަސްމީކޮށް ބަލައިގަނެ، މެދުއިރުމައްޗާއި މެދު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ބޮޑުވަޒީރު އެންތަނީ އަލްބަނީޒް މިކަން އިއުލާން ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ "މިއަދުން ފެށިގެން ކޮމަންވެލްތު އޮފް އޮސްޓްރޭލިޔާއިން ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތް ރަސްމީކޮށް ބަލައިގަންނަ ކަމަށެވެ."

އެގައުމުގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ވިދާޅުވީ، މި ފިޔަވަޅަކީ ސަހްޔޫނީންނާއި ފަލަސްތީނުގެ މައްސަލައަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި އެޅި ފިޔަވަޅެއް ކަމަށެވެ.

އަދި ފަލަސްޠީނުގެ ވެރިކަން ހަރުދަނާ ކުރުމާއި، ޑިމޮކްރެޓިކް އިންތިޚާބެއް ބޭއްވުމާއި،ހަމާސްގެ ހަރަކާތްތައް ކޮންޓްރޯލް ކުރުން ހިމެނެއެވެ.

ފަލަސްތީނުގެ ސަރުކާރުން ވަނީ މި ނިންމުމަށް މަރުހަބާ ކިޔާފަ އެވެ. ނަމަވެސް ސަހްޔޫނީން ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އޮސްޓްރޭލިއާ އިން މި ފިޔަވަޅު އަޅާފައި ވަނީ އިނގިރޭސި ވިލާތާއި ކެނެޑާ އިން ވެސް މި މަހުގެ ކުރީކޮޅު ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައި ވަނިކޮށެވެ. މި ނިންމުމާ އެކު، ދުނިޔޭގެ 140 އަށްވުރެ ގިނަ ޤައުމަކުން ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved