June 24, 2026
Advertisement
-
- / އަލްޖަޒީރާ

އިތުރު ފަސް ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފި

Aiminath Sarah
އައިމިނަތް ސާރާ
Sep 23, 2025, 09:44 PM
މާލެ ސިޓީ

ޔޫރަޕްގެ އިތުރު ފަސް ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފި ކަމަށް އިއުލާންކޮށްފިއެވެ.

Advertisement

އދ.ގެ އާންމު މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ބޭއްވި ހައި ލެވެލް ބައްދަލުވުމުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ޔޫރަޕްގެ އިތުރު ފަސް ގައުމެއްގެ ލީޑަރުން ވަނީ އިސްނަންގަވައިފައެވެ.

މި ބައްދަލުވުމުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެންޑޯރާ، ބެލްޖިއަމް، ލަގްޒެމްބާގް، މޯލްޓާ އަދި މޮނާކޯއެވެ.

މީގެ ކުރިން ފްރާންސް އިންވެސް ވަނީ ފަަލަސްތީނުގެ ދައުލަތް ބަލައިގެންފައެވެ.

މީގެ އެއް ދުވަސް ކުރިން ފަލަސްތީން ރަސްމީކޮށް ބަލައިގަތް އޮސްޓްރޭލިއާ، ކެނެޑާ، ޕޯޗުގަލް އަދި އިނގިރޭސިވިލާތުގެ ލީޑަރުން ވެސް މި ބައްދަލުވުމުގައި ވާހަކަފުޅު ދެއްކަވާފައިވެއެވެ.

އދ.ގެ މެމްބަރު 193 ގައުމުގެ ތެރެއިން 147 ގައުމަކުން މިހާރު ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގެންފައެވެ.

ފަލަސްތީނުގެ ގަބޫލުކުރާ ގައުމުތަކުގެ އަދަދު %80 ވުރެ މައްޗަށް އަރާއިރު، ސަހްޔޫނީން ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުކޮށް ފަލަސްތީނުގެ 65،000 އަށް ވުރެ ގިނަ މިހާތަނަށް ވަނީ ޝަހީދުކޮށްލައިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved