April 3, 2026
Advertisement
-
- / އަލްޖަޒީރާ

ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރާ ފްލޮޓިލާ "ނުރައްކާތެރި ޒޯން" އާއި ކައިރި ވަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 29, 2025, 08:02 PM
މާލެ ސިޓީ

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ އުޅަނދުފަހަރު މިހާރު ޣައްޒާއާ ކައިރިވެ ނުރައްކާތެރި ޒޯން އަށް ވަންނަން ކައިރިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

Advertisement

މި ފްލޮޓިލާއިން މީސް މީޑިއާގައި ހިއްސާކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، އެ ފްލޮޓިލާގެ އިސް އުޅަނދުފަހަރު މިހާރު ވަނީ ޣައްޒާއާ 366 ނޯޓިކަލް މޭލު (678 ކިލޯމީޓަރު) ގާތަށް ގޮސްފައެވެ.

އަދި ލަފާކުރެވޭ ގޮތުގައި 3 އިން 4 ދުވަހުގެ ތެރޭގައި ޣައްޒާއަށް ވާސިލުވާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، އިތުރު ދެ އުޅަނދު މި ފްލޮޓިލާއާ ގުޅުމަށް ދަތުރުކުރަމުންދާ ކަމަށާއި، މިހާރު ޖުމްލަ 44 އުޅަނދު މި މަސައްކަތުގައި ބައިވެރިވެފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

ސުމޫދުގެ ރަސްމީ ޓްރެކަރުން ދައްކާ ގޮތުގައި، ފްލޮޓިލާގެ ގިނަ އުޅަނދުތައް މިހާރު ދަތުރުކުރަމުންދަނީ ގްރީސްގެ އިރުމަތީގައިވާ ޑޮޑެކަނީޒް ޖަޒީރާތަކުގެ ދެކުނުންނެވެ.

ނަމަވެސް، ބައެއް އުޅަނދުފަހަރަށް މި ދަތުރު ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ފްލޮޓިލާއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، "ދަ ފެމިލީ ބޯޓު" ގެ ނަމުގައި ދަތުރުކުރި އުޅަނދަށް ގްރީސްގެ ކްރީޓް ޖަޒީރާ ކައިރީގައި އިންޖީނަށް ބޮޑު މައްސަލައެއް ދިމާވެ، ދަތުރު ހުއްޓާލަން ޖެހުނު ކަމަށް ވެސް ފްލޮޓިލާއިން ވަނީ ހާމަކޮށްފައެވެ.

ކުރިއަށް އޮތް ދެތިން ދުވަހަކީ ޣައްޒާއަށް ވަރަށް ހައްސާސީ ވަގުތުކޮޅެއް ކަމަށާއި ސަހްޔޫނީންގެ ހަމަލާތައް ވަރުގަދަ ވަމުން އަންނަ ކަމަށް މި ފްލޮޓިލާއިން ބުނެއެވެ. އަދި ހުރިހާ އެންމެންވެސް ރައްކާތެރިކަމާއި އެކު މި އުޅަނދުތައް ޣައްޒާއަށް ފޯރާތޯ ދުޢާ ކޮށްދިނުމަށްވެސް އެދިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved