March 29, 2026
Advertisement
-
- / އަލްޖަޒީރާ

ސުމުދް ފޮލޮޓިލާގެ 50 އަށްވުރެ ގިނަ ބޯޓު ސަހްޔޫނީންގެ އިންޓަސެޕްޝަން ރޭންޖަށް ވަދެއްޖެ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 1, 2025, 01:40 AM
މާލެ ސިޓީ

50 އަށް ވުރެ ގިނަ ބޯޓުން ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރަމުން އަންނަ "ސުމުދު ފްލޮޓިލާ" މިހާރު ޣައްޒާގެ ކަނޑުގެ ސަރަހައްދުތަކާ ކައިރިވަމުން އަންނައިރު، ރިޕޯޓްތައް ބުނާ ގޮތުގައި ވަނީ ސަހްޔޫނީންގެ އިންޓަސެޕްޝަން ރޭންޖަށް ވަދެފައެވެ.

Advertisement

މި މިޝަންގެ މަގްސަދަކީ ސަހްޔޫނީންގެ ހަމަލާތައް އެތަކެއް އަހަރުވަން ތަހައްމަލު ކުރަމުން އަންނަ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޣައްޒާއަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ހިރާސްތައް ނައްތާލުމަށް މަސައްކަތްކޮށްދިނުމަށް ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ފްލޮޓިލާ އިންތިޒާމްކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ދަތުރަކީ "ދެކޮޅުވެރިކަން ނައްތާލައި އުއްމީދުގެ ރަމްޒެއް" ގާއިމުކުރުން ކަމަށް ބުނެ، ފްލީޓަށް ނަން ދީފައި ވަނީ ސުމޫދު ކަމަށްވާއިރު ޢަރަބި ބަހުން މިއީ ސާބިތުކަން ރަމްޒުކޮށްދޭ ލަފުޒެކެވެ.

ޣައްޒާގެ ރައްޔިތުންނަށް އެހީގެ ތަކެތި ފޯރުކޮށްދިނުމާއި، ފަލަސްތީނަށް ތާއީދުކުރާ ހަރަކާތްތެރިން ގޮވައިގެން ދަތުރުކުރަމުންދާ މި "ގްލޯބަލް ސުމޫދު ފްލޮޓިއްލާ"އަށް ސަހްޔޫނީން ހަމަލާތަކެއް ދޭނެ ކަމަށް އެ ފްލޮޓިލާގެ ބައިވެރިން ވަނީ ބުނެފައެވެ.

ސަހްޔޫނީން ބުނަމުން ދަނީ އެ ބޯޓްތައް އެމީހުންގެ ކަނޑަށް ވަނުމާއެކު ހުއްޓުވާނެ ކަމަށެވެ. އަދި އެމީހުންގެ ނިރުބަވެރި ސިފައިން އެކަމަށް ތައްޔާރުވެފައިވާ ކަމަށް ވެސް ސަހްޔޫނީން ދަނީ ބުނަމުންނެވެ.

މިއީ މި ދަތުރުގެ އެންމެ ހައްސާސީ ވަގުތު ކަމަށާއި ރައްކާތެރިކަމާއެކު ޣައްޒާއަށް ދަތުރުކުރެވުމަށް ހުރިހާ އެންމެންގެވެސް ދުޢާ ބޭނުންވާކަމަށް މި ދަތުރު އޯގަނައިޒް ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. މި ބޯޓުތައް ހަމަލާތަކުން ރައްކާތެރިކުރުމަށް އިޓަލީ، ސްޕެއިން އަދި ތުރުކީއިންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved