April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

‎ސަހްޔޫނީން ޣައްޒާ ފްލޮޓީލާ ހުއްޓުވައި މީހުން ހައްޔަރުކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 2, 2025, 03:01 PM
މާލެ ސިޓީ

ސަހްޔޫނީނުން ހިސާރުކޮށްފައިވާ ޣައްޒާއަށް އެހީ ހިފައިގެން ކަނޑުމަގުން މިހާތަނަށް ކުރި އެންމެ ބޮޑު ދަތުރުގެ ބައިވެރިންގެ އުޅަނދުތަކަށް ސަހްޔޫނީން ހުރަސްއަޅައި މީހުން ހައްޔަރުކޮށް އިޒްރޭލަށް ގެންދަން ފަށައިފި އެވެ.

Advertisement

"ގްލޯބަލް ސުމޫދު ފްލޮޓީލާ" ގެ 40 އަށް ވުރެ ގިނަ އުޅަނދު ރޭ ހުއްޓުވީ އިޒްރޭލުން ބަންދުކޮށްފައިވާ ކަމަށް ބުނާ ކަނޑުގެ ސަރަހައްދަށް ވަނުމާ އެކުގަ އެވެ. އިޒްރޭލު ސިފައިންގެ އެތައް އުޅަނދެއް ގޮސް ފްލޮޓީލާގެ އުޅަނދުތަކަށް ހުރަސްއަޅައި ފެން ޖެހުން ފަދަ ކަންކަން ކުރުމަށް ފަހު ބޯޓުތަކަށް އަރައި ސިފައިންގެ ބެލުމުގެ ދަށަށް ވަނީ އުޅަނދުތަކާއި މީހުން ވެސް ގެންގޮސްފަ އެވެ.

އެކި ދާއިރާތަކުގެ އެކްޓިވިސްޓުން ހިމެނޭހެން 500 ވަރަކަށް މީހުން ބައިވެރިވާ ދަތުރު ހުއްޓުވުމަށް ފަހު ސަހްޔޫނީންގެ ފޮރިން މިނިސްޓްރީން ސޯޝަލް މީޑިއާގައި ވަނީ ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓު ގްރެޓާ ތަންބާގް ސިފައިންގެ ބެލުމުގެ ދަށަށް ގެންދާ ވީޑިއޯއެއް ޕޯސްޓްކޮށްފަ އެވެ.

-
-

ރަމްޒީ ގޮތެއްގައި، އެހީގެ މަދު އަދަދެއް ހިފައިގެން ދިޔަ އެކްޓިވިސްޓުންގެ ބޭނުމަކީ ސަހްޔޫނީންގެ ކަނޑުމަގުން ވެސް ޣައްޒާ ބަންދުކޮށްފައި އޮންނަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށްކަން އަންގައިދިނުމާ އެކު އެ ހިސާރު ނިމުމުކަށް ގެނައުމެވެ. ސަހްޔޫނީން ބުނަމުންދަނީ "ހަމާސްއާ ހަނގުރާމަކުރާއިރު" ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި ބޭއްވުން ގާނޫނީ ގޮތުން ހުއްދަ ކަމަށާއި އެ ސަރަހައްދު ހުރަސްކޮށް ވަންނަން އުޅޭ ކޮންމެ ބަޔަކު ކޮންމެ ގޮތަކުން ވިޔަސް ހުއްޓުވާނެ ކަމަށެވެ

އެމީހުން ހައްޔަރުކޮށްފައިވާ މި ދަނޑިވަޅުގައި ސަހްޔޫނީންގެ އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު، ޑެނީ ޑެނޮން ބުނެފައިވަނީ ފްލޯޓިލާއަކީ އެއީ "ޕީއާރް ސްޓަންޓް"އެއް ކަމަށާއި އަދި އެބޯޓުން ދަތުރު ކުރި މީހުން ޑީޕޯޓް ކުރާނެ ކަމަށް ވެސް  ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved