April 3, 2026
Advertisement
-
- / ނިއުޔޯކް ޓައިމްސް

ޣައްޒާގެ ދިފާއުގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން އިޓަލީ ބަންދުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 4, 2025, 04:49 PM
މާލެ ސިޓީ

ޣައްޒާއަށް ދަތުރުކުރަމުން ދިޔަ އިންސާނީ އެހީތެރިކަމުގެ ފްލޮޓިލާ އިޒްރޭލުން ހުއްޓުވުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް އިޓަލީގައި މުޒާހަރާކޮށް މުޒާހަރާތައް ހޫނުވެ އެ ގައުމު ބަންދުކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

މި މުޒާހަރާތަކުގެ ސަބަބުން ޚިދުމަތްތައް ދޭ ތަންތަނަށް ބުރޫއަރާ ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

މިގޮތުން، ސްކޫލްތަކާއި ޕަބްލިކް ޓްރާންސްޕޯޓޭޝަން ބަންދުކޮށް، ފްލައިޓް ދަތުރުތަކަށްވެސް ބަދަލުވަނީ އައިސްފައެވެ.

ރޯމް އަދި މިލާންގައި ފަލަސްތީނުގެ ދިދަ އުފުލާ، ފަލަސްތީނަށް ސަޕޯޓްކޮށް ޝުއޫރު ފާޅުކޮށް، އިންސާފަށް ގޮވާލާ ބެނާތައް ހިފައިގެން އެތައް ހާސް ބަޔަކު މަގުތައް ފުރިފައިވެ އެވެ. މުޒާހަރާގެ ބައިވެރިން ބުނީ ޣައްޒާގެ ރައްޔިތުންނަށް އޮތް އެއްބައިވަންތަކަން ދައްކަން ބޭނުންވާ ކަމަށާއި އިޒްރޭލުން ސުމުދް ފްލޮޓިލާ ހުއްޓުވާ އޭގެ ބައިވެރިން ހައްޔަރުކުރުން ކުށްވެރިކުރާ ކަމުގައެވެ.

މުޒާހަރާތަކުގެ ސަބަބުން ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީގެ ސަރުކާރަށް ވެސް ވަނީ ވަރަށް ބޮޑަށް ޕްރެޝަރުވެފައެވެ. ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ސަރުކާރުން ހިމޭންވެ، އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ގިނަ ބަޔަކު ތުހުމަތުކޮށްފައިވެއެވެ.

މުޒާހަރާގެ ފަހަތުގައި ތިބި ޔޫނިއަންތަކާއި މަދަނީ ޖަމާއަތްތަކުން ބުނެފައި ވަނީ ޣައްޒާގެ ކުށެއްނެތް މީހުން އަނިޔާވެރިކަން ތަހައްމަލު ކުރަމުންދާއިރު އިޓަލީއަށް މަޑުން ނުތިބެވޭނެ ކަމަށެވެ. ސުލްހައަށް ހަރުދަނާ ފިޔަވަޅުތައް އަޅަންދެން އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved