theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
... / ސޯޝަލް މީޑިއާ
ދުނިޔެ
ގަތުލުއާންމު ހުއްޓާލަން ޓްރަމްޕް ހުށަހެޅި ހުށަހެޅުމަށް ހަމާސްއިން އެއްބަސްވެއްޖެ
Yana Shareef
ޔާނާ ޝަރީފް
04 އޮކްޓޯބަރު 2025

ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކާއި، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ހުށަހެޅުމަށް ހަމާސްއިން އެއްބަސްވެއްޖެއެވެ.

ޓްރަމްޕްގެ ޕްލޭނުގެ ދަށުން، ޣައްޒާގައި ހައްޔަރުކޮށްފައިވާ އިސްރާއީލުގެ ހުރިހާ އަސީރުން، ދޫކޮށްލުމަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި މިހާރު ދިރި ތިބި މީހުންނާއި، އަދި މަރުވެފައިވާ މީހުން ވެސް ހިމެނެއެވެ. ހަމައެއާއެކު ޣައްޒާގެ ވެރިކަން ހިންގުން މިނިވަން އޮތޯރިޓީއަކާ ހަވާލުކުރުމަށް ވެސް އެ ޕްލޭންގައި ހިމެނެއެވެ.

ހަމާސްއިން އެ ކަންކަމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަން ޓްރަމްޕް ވަނީ ކަށަވަރުކޮށްދީފައެވެ. ޓްރަމްޕް ވަނީ އޭނާގެ ޓްރޫތު ސޯޝަލް މަންސައިގައި ޣައްޒާއަށް ހަމަލާދިނުން ހުއްޓާލުމަށް ސަހްޔޫނީންނަށް ގޮވާލާފައެެވެ.

އެގޮތުން، އިސްރާއީލުގެ ހުރިހާ ރަހީނުން ދޫކޮށްލުމަށާއި، ޣައްޒާގެ ސަރުކާރުގެ އޮޕަރޭޝަންތައް ހިންގުން ފަލަސްތީނުގެ ކޮމިޓީއަކާ ހަވާލުކުރުމުގެ އުސޫލަށް ވަނީ އެއްބަސްވެފައެވެ.

ނަމަވެސް، ޓްރަމްޕްގެ ޕްލޭނުގެ ބައެއް ކަންކަމާ ހަމާސްއިން ދަނީ ދެކޮޅު ހަދަމުންނެވެ. އެގޮތުން، ހަމާސްގެ ހަތިޔާރުތައް ނައްތާލުމަށާއި، ހަތިޔާރު ގުދަންތަކާއި ކޮމާންޑް ސެންޓަރު ފަދަ އަސްކަރީ ތަންތަން ދޫކޮށްލުމަށް ހަމާސްއިން ވަނީ ދެކޮޅު ހަދާފައެވެ. އޭގެ އިތުރުން، ޣައްޒާގައި އެހެން ގައުމެއްގެ ސިފައިން ނުވަތަ ބައިނަލްއަގްވާމީ ސުލްހައިގެ ފޯސްއެއް ތިބުމަކީ ހިސާރުކުރުމުގެ އާ ވައްތަރެއް ކަމަށް ދެކި، އެކަމާ ވެސް ހަމާސްއިން ދެކޮޅު ހަދައެވެ.

އެ އެއްބަސްވުމުގައި ހަމާސްއިން ބައެއް މުހިންމު ޝަރުތުތައް ހުށަހަޅާފައިވާއިރު، ޣައްޒާގެ މުސްތަގްބަލާއި ގުޅޭ ގޮތުން އަދިވެސް ގިނަ ކަންކަމެއް ސާފުނުވެއެވެ.

އެ ޕްލޭނުގައި ޓްރަމްޕް ނިންމާފައިވާ ގޮތުގައި ޣައްޒާގެ ވެެރިކަން ހިންގާނެ ގޮތް ކަނޑައަޅާނީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރެވެ. ޓޯނީ ބްލެއަރަކީ އިރާގުގައި ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު އެބަހުރި ކަމަށް ބުނެ މުޅި ދުނިޔެއަށް އޮޅުވާލައިގެން އިރާގަށް ނޭޓޯ އަރުވައި މުޅި އިރާގު ނެތި ކޮށްލުމުގައި އެންމެ ބޮޑު ރޯލެއް ކުޅޫނު އެއް މޭސްތިރިރިއެވެ. އެހެން ކަމުން، ވައިޓްހައުސްއިން ޓޯނީ ބްލެއަރާއި ޣައްޒާގެ ވަގުތީ ހިންގުން ހަވާލުކޮށްފިނަމަ، ޣައްޒާ ދެގުނަ އިސްރާއީލުން ހިފާނެ ކަމަށް ބެލެވޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved