theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ދުނިޔެ
ރަހީނުކޮށްފައިވާ މީހުން ދޫކުރާނެ ކަމަށް ނަތަންޔާހޫ ބުނެފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
05 އޮކްޓޯބަރު 2025
މާލެ ސިޓީ

ޣައްޒާގައި ރަހީނުކޮށްފައިވާ މީހުން ދޫކޮށްލާނެ ކަމަށް އިއުލާންކުރާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ މިހެން ބުނެފައި ވަނީ އެމެރިކާގެ ސުލްހައިގެ ޕްލޭނެއްގެ ދަށުން ރަހީނުކޮށްފައިވާ މީހުން މިނިވަން ކުރަން ހަމާސްއިންވެސް އެއްބަސްވެފައިވަނިކޮށެވެ. ނަމަވެސް، އެ ޕްލޭނުގައިވާ ގޮތަށް ހަމާސް ޖަމާއަތުން ހަތިޔާރު ނައްތާލުމުގެ ޝަރުތުތައް ވަނީ އިންކާރުކޮށްފައެވެ.

ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަކަށް އައުމަށް ހަމާސްއިން ލަސްކުރާނަމަ، އެކަން ތަހައްމަލު ނުކުރާނަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުނެފައެވެ. އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ކުރިމަތިކުރާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ހެދި ޕްލޭން، މިދިޔަ ސެޕްޓެންބަރު މަހު ވަނީ އާއްމުކޮށްފައެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ހުށަހަޅާފައިވާ މި ހުށަހެޅުމަކީ ފަލަސްތީނުގެ ރައްޔިތުން ޣައްޒާގައި ދެމިތިބުމަށް ހިތްވަރުދީ، ކުރިއަށް އޮތް ތަނުގައި ފަލަސްތީނުގެ ދައުލަތް ދެމިއޮތުމަށް ފުރުސަތުދޭ ހުށަހެޅުމެކެވެ. މި ޕްލޭނުގައި 20 ނުކުތާއެއް ހިމެނެއެވެ.

މި ނުކުތާތަކުގައި ފާއިތުވި މަސްތަކުގައި އެކި މަސްލަހަތުވެރިން އެކުލަވާލި އެކި ޕްރޮޕޯސަލްތަކުގައި މުހިންމު މާއްދާތަކެއް އެކުލެވިފައިވާއިރު، މީގެ ތެރޭގައި ހުރިހާ ރަހީނުން ދޫކޮށްލުމުން ފެށިގެން ހަމާސް ވެރިކަމުން ދުރުކުރުމާ ހަމައަށް ކަންތައްތައް ހިންގާނެ ގޮތް ވަނީ ކަނޑައަޅާފައެވެ.

އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ހުށަހެޅި މި ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކުގައި ފަލަސްތީނު ރައްޔިތުންނާ ޣައްޒާ ސިޓީއާ އެއްކޮޅަށް ނިންމުންތައް ނިންމާފައިވީ ނަމަވެސް، އިސްރާއީލުން ގިނަ ދުވަސްތަކެއް ވަންދެން ޑިމާންޑްކުރި ކަންތައްތައް ވެސް މި ޝަރުތުތަކުގައި ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

އޭގެ ތެރޭގައި ހަމާސްއިން ހަތިޔާރު ނައްތާލުމަށް ވައުދުވުމާއި، ޣައްޒާގެ ޑިމިލިޓަރައިޒޭޝަނާއި، އާބާދީގެ "ހަރުކަށިކަން" ނެތިކޮށްލުމުގެ ނިޒާމެއެއް ގާއިމްކުރުން ހިމެނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved