March 9, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެމެރިކާ ސިފައިން ޣައްޒާއަށް ފޮނުވައިފިނަމަ ކޮލަމްބިއާގެ ލަޝްކަރު އެމެރިކާއާއި ދެކޮޅަށް ފޮނުވާނަން: ކޮލަމްބިއާ ރައީސް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 7, 2025, 08:25 PM
މާލެ ސިޓީ

އެމެރިކާ ސިފައިން ޣައްޒާއަށް ފޮނުވައިފިނަމަ ކޮލަމްބިއާގެ ލަޝްކަރު އެމެރިކާއާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ފޮނުވާނެ ކަމަށް ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ ވިދާޅުވެއްޖެއެވެ.

Advertisement

ގުސްތާވޯ މިފަދައިން ވިދާޅުވުމާއި ގުޅިގެން ގިނަ ގައުމުތަކުން ވަނީ ޕެޓްރޯ އާއި އެއްކޮޅަށް ވާހަކަދައްކާފައެވެ.

މިގޮތުން ޕެޓްރޯ ވިދާޅުވީ ޣައްޒާގެ މައުސޫމް މީހުން ތަކުލީފާއި އަނިޔާ އުފުލަމުންދާއިރު ހިމޭނުން ނުހުރެވޭނެ ކަމަށެވެ. އޭނާ ވަނީ އެމެރިކާއިން އިސްރާއީލަށް ޣައްޒާއަށް ދެކޮޅަށް ހަނގުރާމަކުރުމަށް އެހީތެރިވެދީފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ “ނަސްލު ނައްތާލުމުގެ” ބޭނުމުގައި ކޮށްފައިވާ ކަމެކެވެ.

ޕެޓްރޯ މިހެން ވިދާޅުވެފައިވާއިރު އެމެރިކާގެ ރައީސް އަންނަނީ ޣައްޒާއިން ހަމާސްގެ ބާރު ކަނޑުވަން އިޒްރޭލާއި ޣައްޒާގެ ސުލްހައިގެ ނަމުގައި ޕްލޭންއެއް ހަދާ އެއަށް އަމަލުކުރުމަށް ތައްޔާރު ވަމުންނެވެ.

މި ޕްލޭންގައިވާ ހުރިހާ ކަމަކަމަށް ހަމާސްއިން އެއްބަސްނުވާނަމަ އިތުރު ތަކުލީފުތައް ކުރިމަތުވާނެކަމަށް ބުނެ ޓްރަމްޕް ވަނީ އިންޒާރުވެސް ދީފައެވެ.

މީގެއިތުރުން، ޣައްޒާގެ ކުޑަކުދިން މަރަމުންދާ ޖައްބާރު ނަތަންޔާހޫއަށް އިހުތިރާމް ނުކުރާ ކަމަށްވެސް ޕެޓްރޯވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved