April 4, 2026
Advertisement
;.,;
;.,; / ސޯޝަލް މީޑިއާ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ސަހްޔޫނީން ލުބުނާނަށް ދޭ ހަމަލާތައް އިތުރުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 8, 2025, 10:24 AM

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ސަހުޔޫނީން ލުބުނާނަށް އަދިވެސް ހަމަލާތައް އަމާޒުކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

Advertisement

މިއަދުގެ ވަގުތެއްގައި ސަހްޔޫނީން ލުބުނާނަށް އެންމެ ފަހުން ދިން ދެ ހަމަލާގައި ސަހްޔޫނީންގެ ސިފައިން ވަނީ ލުބުނާނުގެ ދެކުނުގައި ދެ މީހަކު ޝަހީދުކޮށްލާ، އިތުރު މީހަކު ޒަހަމްކޮށްލާފައެވެ.

މި ހަމަލާ ސަހްޔޫނީން ދީފައި ވަނީ ލުބުނާނުގެ ދެކުނު ސަރަޙައްދު ކަމަށްވާ ނަބާތީގައި ސަހްޔޫނީން ދިން ހަމަލާއެއްގައި ދެ މީހަކު ޝަހީދުވިތާ އެއް ދުވަސް ފަހުންނެވެ.

ލުބުނާނުން ބުނާ ގޮތުގައި މި ހަމަލާތަކަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު ހަމަލާތަކެކެވެ. މި އެއްބަސްވުން އެކުލަވާލެވުނީ ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ސަހްޔޫނީން ހަނގުރާމަ ފެށިތާ އެއް ދުވަސް ފަހުން، އޮކްޓޯބަރު 8، 2023 ގައި ފެށުނު، ހިޒްބުﷲ އާއި ސަހްޔޫނީނާ ދެމެދު އަހަރަކަށް ވުރެ ގިނަ ދުވަހު ހިނގި ހަނގުރާމައަށް ފަހުއެވެ.

މި ހަމަލާތައް 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ދިޔައިރު، ސަހްޔޫނީންގެ އަސްކަރީ ބާރުގަދަވެ، އެ ގައުމުގެ ސިފައިން ލުބުނާނަށް އަރައިގަތުމުން ލުބުނާނުގައި ގާތްގަނޑަކަށް 4،000 މީހުން ޝަހީދުވެ، އެތައް ހާސް ބަޔަކު ޒަޚަމްވެ، ލައްކައެއްހާ މީހުން ގެދޮރު ދޫކޮށް ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ލުބުނާނަށް ސަހްޔޫނީން ދިން ހަމަލާތަކުގައި 150 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved