April 22, 2026
Advertisement
-
- / އަލްޖަޒީރާ

ޣައްޒާއަށް އދ އިން ދޭ އެހީ ސަހްޔޫނީން ދަނީ ހުއްޓުވަމުން!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 27, 2025, 05:28 PM
މާލެ ސިޓީ

އދ.ގެ އޭޖެންސީ ފޯ ފަލަސްތީނިއަން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) އިން ރިޕޯޓް ކުރާ ގޮތުގައި ސަހްޔޫނީން އަދިވެސް ދަނީ އެ ގައުމުގެ ބައިނަލްއަގުވާމީ އެހީތެރިކަން ފޯރުކޮށްދޭ މީހުންނާއި ޖަމިއްޔާތަކަށާއި، އަދި އެހީގެ ގޮތުގައި ފޯރުކޮށްދޭ ސާމާނު ޣައްޒާއަށް އެތެރެކުރުމަށް ހުރަސް އަޅަމުންނެވެ.

Advertisement

ސަހްޔޫނީންހގެ ފިއްތުންތަކާއި އެކުވެސް އެ އިދާރާގެ 12،000އެއްހާ މުވައްޒަފުން މިހާރުވެސް ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ޔޫއެންއާރްޑަބްލިއުއޭ އިން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސަހްޔޫނީން ވަނީ ޔޫއެންއާރްޑަބްލިއުއޭ އިން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައި ހަރަކާތްތެރިވުން އެ އިދާރާއަށް މަނާކޮށްފަ އެވެ.

މިދިޔަ ހަފުތާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނިންމާފައިވަނީ އދ ގެ ޔޫއެންއާރްޑަބްލިއުއޭ ފަދަ ޖަމާއަތްތަކުން ހިންގާ އެހީ ފޯރުކޮށްދިނުމަށް ސަހްޔޫނީން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ޔޫއެންއާރްޑަބްލިއުއޭގެ ގިނަ މުވައްޒަފުންތަކެއް ހަމާސްއާ ގުޅުން އޮންނަ ކަމަށް ސަހްޔޫނީން ބުނާ ބުނުމަށް އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާ ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.

ޔޫއެންއާރްޑަބްލިއުއޭ އިން ބުނީ ހަނގުރާމަ ހުއްޓާލުމަކުން އަދި ނުފުދޭނެ ކަމަށާއި ދިރިއުޅުމަށް ކާބޯތަކެއްޗާއި ސާފު ފެނާއި ޓެންޓުތަކާއި އެހެނިހެން ސާމާނު ބޭނުންވާ ކަމަށެވެ. ސަހްޔޫނީންގެ ހުރަސްތަކާއި ހުރެ އެންމެ އެކަށީގެންވާ ގޮތަށް އެހީފޯރުކޮށްނުދެވޭ ކަމަށްވެސް އެމީހުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved