March 16, 2026
Advertisement
..
.. / ސޯޝަލް މީޑިއާ

ރައީސް ޔާމީންގެ ފްލައިޓް ގަޑިއާ ދިމާކޮށް އަޑުއެހުމެއް ތާވަލުކުރުން, ޝެއިހް އިމްރާން ވިދާޅުވީ ބޮޑު އިއްތިފާގެއްކަމަށް!

Yana Shareef
ޔާނާ ޝަރީފް
Oct 28, 2025, 01:41 AM

ރައީސް އަބްދުالله ޔާމިން އަބްދުލްގައްޔޫމްގެ ފްލައިޓް ގަޑިއާ ދިމާކޮށް ކްރިމިނަލް ކޯޓުން އަޑުއެހުމެއް ތާވަލުކުރުން އެއީ ބޮޑު އިއްތިފާގެއްކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވެއްްޖެއެވެ.

Advertisement

ޝެއިހް އިމްރާން މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝެއިހް އިމްރާން ވިދާޅުވީ މިހާރު ކޯޓުގައި ހިނގާ މިފަދަ ކަންކަމަށް ރައީސް މުއިއްޒު ނުފޫޒު ނުފޯރުވާކަމަށެވެ. އިމްރާން މިފަދައިން އެ ވިދާޅުވީ ރައީސް މުއިއްޒު ކޯޓުތަކަށް ނުފޫޒު ފޯރުވުން ގިނަ ވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި އެންމެ ފުރަތަމަ ތާވަލުކޮށްފައި ވަނީ 26 ވަނަ ދުވަހަށެވެ.

ނަމަވެސް އެދުވަހު ކެންސަލްކޮށް މިއަދަށް އެ މައްސަލަ ތާވަލުކުރީ ރައީސް ޔާމީންގެ ފްލައިޓްގެ ގަޑިއާ ދިމާކޮށެވެ.

ރައީސް ޔާމީން މިއަދު ހއ.ދިއްދޫއަށް ވަޑައިގެންނެވީ ތިލައުތުރު އެވޯޑްސް ޝަރަފުވެރިކޮށްދެއްވުމަށެެވެ.

ކޮމެންޓު
ކޮމެންޓްތައު
Mohanu
Oct 28, 2025, 04:58 AM
މިހާރު އަތްފައިން މިހަދަނީ ގޯސް:
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved