March 16, 2026
Advertisement
ރައީސް ޔާމީންގެ ދައުވަތާ އެއްގޮތަށް މަސައްކަތް ކުރެވޭނޭ: އަދާލަތު ޕާޓީ
ރައީސް ޔާމީންގެ ދައުވަތާ އެއްގޮތަށް މަސައްކަތް ކުރެވޭނޭ: އަދާލަތު ޕާޓީ / އައްޑޫ ލައިވް

ރައީސް ޔާމީންގެ ދައުވަތާ އެއްގޮތަށް މަސައްކަތް ކުރެވޭނޭ: އަދާލަތު ޕާޓީ

Mariyam Isaadha
މަރިޔަމް އިސާދާ
Sep 21, 2025, 08:15 PM
މާލެ ސިޓީ

އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ސަރުކާރު ޒިންމާދާރުކުރުވަން އެކުގައި މަސައްކަތްކުރެވިދާނެ ކަމަށް އަދާލަތު ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ޕީއެންއެފްގެ އިތުރުން އެހެން ޕާޓީތަކާއެކު އަދާލަތަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އެއީ ޕީއެންއެފްގެ ބާނީ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ފަދައިން ސިޔާސީ ޕާޓީތަކުގެ ފަލްސަފާ އެއްގޮތްވެގެން ކުރާ ކަމެއް ނޫން ކަމަށާ އެއީ، ރައީސް ޔާމީން ވިދާޅުވި ފަދައިން އިދިކޮޅު ޕާޓީތަކުގެ ޒިންމާއެއް ކަމަށް ވުމުން ކަމަށެވެ.

މީގެ އިތުރުން ކޮންމެ ސަރުކާރެއް އޮތަސް އިދިކޮޅުގައި ތިބޭ ޕާޓީތައް ސަރުކާރު "ޓްރެކުން" ކައްސާލާ ނަމަ އެވާހަކަ ދައްކަން ޖެހޭނެ ކަމަށާއި އެހެންކަމުން ސަރުކާރު ޖަވާބުދާރީ ކުރުވަން އެއް ޕްލެޓްފޯމަކަށް ހުރިހާ އިދިކޮޅު ޕާޓީތަކުން އަންނަން ޖެހޭ ކަމަށް އަދާލަތަށްވެސް ގަބޫލުކުރެވޭ ކަމަށް އިމްރާންގެ ޕޯސްޓުގައި ވެއެވެ.

އެހެންކަމުން ގާނޫން މަތިކުރާ ޒިންމާ އަދާކުރުމަށް އެހެން ޕާޓީތަކާއެކު އަދާލަތު ޕާޓީން މަސައްކަތް ކުރުމުގައި ދެމި އޮންނާނެ ކަން ފާހަގަކުރައްވާ އިމްރާން މި ސަރުކާރު ސިފަކޮށްފައިވަނީ ހަމަ މަގުން ކައްސާލާފައިވާ ސަރުކާރެއްގެ ގޮތުގައެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިމިވަނީ، ސަރުކާރު ހަމައިން ކައްސާލާނަމަ އިދިކޮޅު ހުރިހާ ޕާޓީއަކަށް އެ ވާހަކަދައްކަން އެއް ޕްލެޓްފޯމަކަށް އާދެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
ކޮމެންޓްތައު
ވެއްޓެނި ވެއްޓެނީ
Sep 21, 2025, 10:23 PM
ސަރުކާ ވެއްޓެނީ ވެއްޓެނީ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved