March 20, 2026
Advertisement
...
... / އަލްޖަޒީރާ

އެމެރިކާ އިން މިރޭ ވެންޒުއެލާއަށް ހަމާ ދޭނެ ކަމުގެ އަޑުތަކެއް

Yana Shareef
ޔާނާ ޝަރީފް
Nov 4, 2025, 02:15 AM

ވެނެޒުއޭލާއަށް އެމެރިކާ އިން އަސްކަރީ ހަމަލާއެއް ދޭން އުޅޭ ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ފެތުރިއްޖެއެވެ.

Advertisement

އެހެންނަމަވެސް އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޑިފެންސާއި ވައިޓް ހައުސް އަދި ވެނެޒުއޭލާގެ ސަރުކާރުގެ އިދާރާތަކުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

މިރޭ ވެނެޒުއެލާއަށް ހަމަލާ ދޭން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެމުންދާއިރު ވެނެޒުއޭލާއަށް އަރައިގަންނާނެ ބަހަނާއެއް ހޯދަން އެމެެރިކާއިން އެ ގައުމުގެ ބޯޓެއް ފައްތާލަން އުޅުނުކަމަށް ވެސް ވަނީ ފަޅައަަރާފައެވެ.

ވެނެޒުއޭލާ ކައިރީގައި ބޯޓުތަކެއް ފައްތާލަ ހަމާލާދީފައިވަނީ އެއީ މަސްތުވާތަކެއްޗާއި ގުޅުން ހުރި ބޯޓުތަކެއް ކަމަށް އެމެރިކާއިން ބުނެފައިވެއެވެ. ނަމަވެސް އެއީ އެމެރިކާއިން ވެނެޒުއެލާއަށް ވަދެވޭނެ ތަފާތު ގޮތްތައް ސިއްރުން ހޯދަން މަސައްކަތް ކުރަމުންދާ ކަމުގެ ސިގްނަލެއް ކަމަށާއި އެކަމުގެ ވެނެޒުއޭލާގައި އާއި ކައިރި ސަރަހައްދުގައި ދަނީ އުފެދެމުންނެވެ.

ދޯނިފަހަރުތަކަށް ތަކުރާރުކޮށް ދިން މި ހަމަލާތަކުން ހާމަވާ ގޮތުގައި އެމެރިކާއިން އަންނަނީ މިހާރު ކަނޑުގެ މަގު ބޭނުންކޮށްގެން ޕްރެޝަރު ކޮށް މަޑުމަޑުން ވެނެޒުއެލާގެ ސަރަހައްދާ ކައިރިވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved