May 1, 2026
Advertisement
ރާއްޖެއިން އެމެރިކާއަށް ފާޑުކިޔުން މަޑުޖައްސާލާ އެ ގައުމާއެކު ބިނާކުރަނިވި ގުޅުމެއް ބަދަހިކުރާނެ ކަމަށް ރިޕޯޓުކޮށްފި
ރާއްޖެއިން އެމެރިކާއަށް ފާޑުކިޔުން މަޑުޖައްސާލާ އެ ގައުމާއެކު ބިނާކުރަނިވި ގުޅުމެއް ބަދަހިކުރާނެ ކަމަށް ރިޕޯޓުކޮށްފި / ރައީސް އޮފީސް

ރާއްޖެއިން އެމެރިކާއަށް ފާޑުކިޔުން މަޑުޖައްސާލާ އެ ގައުމާއެކު ބިނާކުރަނިވި ގުޅުމެއް ބަދަހިކުރާނެ ކަމަށް ރިޕޯޓުކޮށްފި

May 1, 2026, 03:37 PM
މާލެ ސިޓީ

ދިވެހިރާއްޖެއިން އެމެރިކާއަށް ފާޑުކިޔުން މަޑުޖައްސާލާ އެ ގައުމާއެކު ބިނާކުރަނިވި ގުޅުމެއް ބަދަހިކުރާނެ ކަމަށް ރިޕޯޓުކޮށްފިއެވެ.

Advertisement

މިފަދައިން ރިޕޯޓުކޮށްފައިވަނީ، ދުނިޔޭގެ ހާރިޖީ އަދި މާލީ ކަންކަން ދިރާސާކޮށް ރިޕޯޓްކުރަމުން އަންނަ އިންޑިއާގެ "ނެޓްވޯކް18" މީޑިއާހައުސްގެ ދަށުން ހިންގާ "މަނީ ކޮންޓްރޯލް" ނޫހުގައެވެ.

ރާއްޖެ ވަޑައިގެންނެވި އެމެރިކާ ސަރުކާރުގެ މަންދޫބު ސާޖިއޯ ގޯރްއާ ހަވާލާދީ "މަނީ ކޮންޓްރޯލު"ގައި ބުނެފައިވާ ގޮތުގައި، އެމެރިކާއާއި އިޒްރޭލުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ފާޑުވިދާޅުވެ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ކަން މަޑުޖައްސާލާނެކަމުގެ ޔަގީންކަން އެމެރިކާއަށް ރާއްޖެއިން ދިންކަމަށެވެ.

މިކަން ދެކުނު އޭޝިއާއާ މެދު އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައިވާ އެމެރިކާގެ ބިއުރޯގެ ރަސްމީ އެކްސް ހޭންޑަލުން ވެސް ޕޯސްޓުކޮށޤފައިވެއެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ، ރައީސް މުހައްމަދު މުއިއްޒުގެ ސްޓޭޓްމަންޓް، ރާއްޖޭގެ ފޮރިން މިިނިސްޓަރު އިރުތިޝާމް އާދަމް ސާފުކޮށްދެއްވާފައިވާ ކަމަށާ އެމެރިކާއާއެކު ރަނގަޅު ގުޅުމެއް ގާއިމުކުރަން ރައީސް މުއިއްޒު ބޭނުންފުޅުވާކަން ވެސް ހާމަކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ގުޅިގެން އިތުރު މަސައްކަތްތަކެއްކުރެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މަނީ ކޮންޓްރޯލް ނޫހުގައި ސާޖިއޯ ގޯރްއާ ހަވާލާދި ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ރައީސް ދެއްކެވި ވާހަކަތަކާ ގުޅިގެން އެމެރިކާގެ ހިތްނުތަަނަވަސްކަމެއް ހުރިނަމަވެސް ރާއްޖޭގެ ފޮރިން މިިނިސްޓަރާ ކުރެވުނު މަޝްވަރާއައެކު އެކަމުގައި ހައްލަކަށް އާދެވިފައިވާ ކަމަށެވެ.

އެގޮތުން ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް އެމެރިކާ އާކު ބިނާކުރަނިވި ގުޅުމެއް ބަދަހިކުރުމަށް ޝައުގުވެރިކަން ރާއްޖެއިން ފާޅުކޮށްފައިވާ ކަމަށާ އެއާއެކު، ކުރިން ކުރިމަތިކުރި ފާޑުކިއުން ކުރިއަށް އޮތް ތަނުގައި އެ ރާގު މަޑުކޮށްލާނެކަމުގެ ޔަގީންކަން ދީ މުސްތަގުބަލުގައި ދެ ގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ހަރުދަނާކޮށް ދުޅަހެޔޮ މަސައްކަތަކެއް ކުރުމަށް ރާއްޖެއިން ބޭނުންވާކަން ވެސް ހާމަކޮށްފައިވާ ކަމަށެވެ.

ބެލެވޭ ގޮތުގައި ދިވެހިރާއްޖެއިން މިފަދަ ފޯނު ކޯލެއް މިކުރީ އެމެރިކާއަށް ރާއްޖެގެ ސަރުކާރުގެ ބަރޮސާ އޮތް މިންވަރުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved