May 10, 2026
Advertisement
.
.

ސިއްރުކޮށްފައި ހުރި ޔޫއެފްއޯއާ ގުޅޭ ފޮޓޯއާއި ވީޑިއޯ އެމެރިކާއިން އާއްމުކޮށްފި

Yana Shareef
ޔާނާ ޝަރީފް
May 9, 2026, 12:51 PM

މީގެ ކުރިން އާއްމުކޮށްފައި ނުވާ ޔޫއެފްއޯ ނުވަތަ ގޮތް ނޭނގޭ އުުދުހޭ ތަކެއްޗާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް އެެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓެގަންއިން އާންމުކޮށްފިއެވެ.

Advertisement

މި ލިޔެކިޔުންތަކުގެ ތެރޭގައި ޖައްވީ އިދާރާ ނާސާއިން 1972 ވަނަ އަހަރު ކުރިއަށް ގެންދިޔަ އެޕޯލޯ 17 މިޝަންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ހިމެނެއެވެ. އެ ފޮޓޯއިން ފެންނަނީ އުޑުމަތިން ތިނެސްކަން ބައްޓަމަށް އެތުރިގެން އުދުހެމުންދާ ތިން ތިއްކެކެވެ.

ޕެންޓެގަނުން ހާމަކުރި ގޮތުގައި އެ ފޮޓޯއިން ފެންނަ ތިން ތިއްކާ ބެހޭ ގޮތުން މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް، ފަހުގެ ހޯދުންތަކަށް ރިއާޔަތްކޮށް އެ ވުޒާރާއިން ބުނީ އެއީ ޖިސްމާނީ ސިފަތައް ލިބިގެންވާ ކޮންމެވެސް އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ. މި ލިޔުންތައް އާއްމުކޮށްފައި މިވަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަދަ ލިޔުންތަކާ ގުޅޭގޮތުން އިޝާރާތްތަކެއް ކުރައްވަމުން ގެންދަވަނިކޮށެވެ.

ރައީސް ޓްރަމްޕް ވަނީ ޔޫއެފްއޯއާ ގުޅުންހުރި ޝައުޤުވެރި ލިޔުންތަކެއް ވަރަށް އަވަހަށް އާއްމުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ޕެންޓެގަނުން ބުނީ ރައީސްގެ އަމާޒަކީ އާންމުންނަށް ވީހާވެސް ދެފުށް ފެންނަ ގޮތަށް މަޢުލޫމާތު ޙިއްޞާކުރުން ކަމަށާއި، އެ މަޢުލޫމާތުތަކާ މެދު ގޮތް ނިންމާނީ އާންމުން ކަމަށެވެ. "މި މަޢުލޫމާތުތަކާ ގުޅޭ ގޮތުން އެ މީހަކު ޤަބޫލުކުރާ ގޮތެެއް ނިންމާނީ އެ މީހެއް،" ޕެންޓެގަނުން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved