theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މެންބަރު އިބްރާހީމް މުހައްމަދު / މަޖިލިސް
ސިޔާސީ
ޖަނާބު ވިދާޅުވީ މި ދެއަހަރު އެއްވެސް ކަމެއް ނުކުރެވުނީ އަންނަ އަހަރުގެ ބަޖެޓު ފާސް ނުވާތީ ކަމަށް
Yana Shareef
ޔާނާ ޝަރީފް
17 ނޮވެމްބަރު 2025

ސަރުކާރަށް ދެ އަހަރު ވީއިރު އެއްވެސް ކަމެއް ނުކުރެވޭ ކަމަށާ އެއްވެސް ކަމެއް ނުކުރެވުނީ އަންނަ އަހަރުގެ ބަޖެޓު ފާސްނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ބަޖެޓަށް ބަހުސް ކުރައްވަމުން ޖަނާބު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ރިކޯޑު ބަޖެޓު ބޮޑުވުމުން އެކަމާ މެދު ފަޚުރުވެރިވާ ކަމަށެވެ.

ބަޖެޓަކީ ބޮޑުވާން ޖެހޭ އެއްޗެއް ކަމަށާ، އަދި މިއަށް ވުރެ ވެސް ބަޖެޓް ބޮޑު ވެއްޖެ ނަމަ ރައްޔިތުންނަށް ރަނގަޅު ވާނެ ކަމަށް ޖަނާބު ވިދާޅުވި އެވެ. އޭގެ އިތުރުން، މި ސަރުކާރުގެ ދެ އަހަރު ކަމެއް ނުކުރެވުނު ކަން ގަބޫލު ކުރައްވާ ކަމަށާ އެކަންކަން ނުވެ ހުރީ އަންނަ އަހަރުގެ ބަޖެޓު ފާސް ނުވާތީ ކަމަށް ވެސް ޖަނާބު ވިދާޅުވި އެވެ.

ޖަނާބު ވިދާޅުވީ އެހެންކަމުން ބައެއް މެންބަރު ރައްޔިތުންނަށް އޮޅޭ ގޮތަށް މި ސަރުކާރަށް އެއްވެސް ކަމެއް ނުކުރޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ފަރުވާތެރިވާން ޖެހޭ ކަމަށެވެ. މިދިޔަ އަހަރު ވެސް މި އަހަރުގެ ބަޖެޓު ހުށަހެޅުމުން ބައެއް މެންބަރު މަޖިލީހުގެ ތަޅުމުގައި ބޮޑާހޭކި ކަމަށް މެންބަރު ވިދާޅުވި އެވެ.

ޖަނާބުގެ މި ވާހަކައަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ. މިދިޔަ ދެ އަހަރު ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވުނީމަ އެކަން ފޮރުވުމަށް މެމްބަރުން ލައްވާ ރައީސް މުއިއްޒު ދޮގު ހައްދަވާ ބަހަނާ ދައްކުވަނީ ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved