March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އަބްދުއްރަޙްމާން މަރާލިކަމުގެ ދައުވާ ތިން މީހަކަށް އުފުލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 19, 2025, 05:03 PM
މާލެ ސިޓީ

އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލާފައިވާ އަބްދުއްރަޙްމާން އާދަމް މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އިއްޔެ އުފުލައިފިއެވެ.

Advertisement

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ހައްޔަރުކުރެވުނު ތިން މީހުންގެ މައްޗަށެވެ. އެ ތިން މީހުންނަކީ:

- އއ. މާޅޮސް، ފިޔަ، އަޙުމަދު އާޝިދު

- އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމް

- އއ. މާޅޮސް، ފިނިވާގެ، އަޙުމަދު ފާރިސް

މީގެ ތެރެއިން އަޙުމަދު އާޝިދުގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މުޙައްމަދު ވިސާމާއި އަޙުމަދު ފާރިސްގެ މައްޗަށް އުފުލާފައިވަނީ އެ ޤާނޫނުގެ ދަށުން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އަބްދުއްރަޙްމާން މަރާލި މައްސަލައިގެ ތުހުމަތަށް މި ތިން މީހުން މިދިޔަ އޮގަސްޓް މަހު ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved