
އެމެރިކާ ސިފައިންގެ "ޑެލްޓާ ފޯސް"ގެ 173 ސިފައިން އަތުލައިގަނެފި ކަމަށް އިރާން އިން ބުނެފިއެވެ.
ދުނިޔޭގެ ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އިތުބާރު ހުރި މަސްދަރުތަކުންނާ އަދި އިރާނުގެ ސަރުކާރުގެ އެކި އޮފިޝަލުން ވެސް ވަނީ އިރާނުން، އެމެރިކާގެ "ޑެލްޓާ ފޯސް"ގެ ސިފައިންތަކެއް ހައްޔަރުކުރި ކަމުގެ ޔަގީން ކަން ދީފައި ކަމަށެވެ.
އިރާންގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި، 173 "ޑެލްޓާ ސިފައިން" ހައްޔަރުކުރީ ހަނގުރާމައިގެ ގައިދީންގެ ގޮތުގައެވެ. އަދި ބާކީ ތިބި މީހުން މަރާވެސް ލާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ކަން ހިނގާ ދިޔަ ގޮތުގެ ތަފްސީލުގެ ގޮތުގައި މީޑިޔާ ރިޕޯޓުތަކުގައި ވަނީ އެމެރިކާއިން އިރާނަށް ލޭންޑްކުރި ހަނގުރާމަ މަތީ އުޅަނދެއްގެ ލޭންޑިން ގޯސްވެ، އިރާނުގެ އައިއާރުޖިސީ ފައިޓަރުންގެ ކުއްލި ރައްދު ހަމަލާއަކުން މުޅި ފޯސް އެމީހުންގެ ބެލުމުގެ ދަށަށް ގެނެވުން ކަމަށެވެ.
މިއީ އެމްރިކާ ސިފައިންނަށް ބަލާއިރު ފުދޭވަރެއްގެ ބޮޑު އަދަދެއް ކަމަށާ މިއާއެކު މިހާރު ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާއަށް އިތުރަށް ކުރިއަށް ދިއުމަށް އުނދަގޫ ދަތިތަކާ ކުރިމަތިވާނެ ކަމެއް ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.










