March 12, 2026
Advertisement
-
- / ސީ.އެން.އެން

އިންޑިއާއިން އިރާނަށް ދޯކާ ދިނުން - ނަތީޖާ ވަރަށް ހިތިވާނެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 11, 2026, 09:45 PM
މާލެ ސިޓީ

އިންޑިއާ ސަރުކާރުގެ ރަސްމީ ދައުވަތަކަށް އެ ގައުމަށް ޒިޔާރަތްކުރި އިރާންގެ އަސްކަރީ ބޯޓެއް ފައްތާލި ހާދިސާއާ ގުޅިގެން، އިންޑިއާއިން އިރާނަށް ބޮޑު ދޯކާއެއް ދީފައިވާ ކަމަށާއި އޭގެ ނަތީޖާ ހިތި ވާނެ ކަމަށް އިރާނުން ބުނެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

Advertisement

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ކަނޑުގެ ސަރަހައްދުގައެވެ. އިރާނުގެ އަސްކަރީ މި ބޯޓު އިންޑިއާއަށް ދިޔައީ އިންޑިއާއިން ދިން ދައުވަތަކަށެވެ. 

މި ހާދިސާއާ ގުޅިގެން އިރާނުގެ އަސްކަރީ މާހިރުންނާއި ސިޔާސީ އިސްވެރިން ބުނަމުންދަނީ، މިއީ އިންޑިއާއިން ގަސްދުގައި ރޭވުންތެރިކަމާއެކު ދިން "ޣައްދާރު" ހަމަލާއެއް ކަމަށެވެ. އިރާނުން ވަނީ މިކަމުގެ ބަދަލު ވަރަށް ހިތިކޮށް ހިފާނެ ކަމަށާއި، އިންޑިއާއިން ކުރި މި އިތުބާރު ނެތް އަމަލުގެ ނަތީޖާ މުޅި ސަރަހައްދަށްވެސް ކުރާނެ ކަމަށް ބުނެފައެވެ.

އިރާނުގެ ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އިންޑިއާގެ އަސްކަރިއްޔާއިން ދިން ނުބައި މައުލޫމާތުތަކެއްގެ ސަބަބުންނެވެ. އަދި މިއީ އިރާނުގެ އަސްކަރީ ގާބިލުކަން ކުޑަކޮށްލުމަށް ބޭރުގެ ނުފޫޒެއްގެ ދަށުން އިންޑިއާއިން ހިންގި ޖަރީމާއެއްގެ ގޮތުގައި އިރާނުން ސިފަކުރެއެވެ.

މިކަމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. އިރާނުން ބުނެފައިވަނީ އިންޑިއާއިން ދިން މި "ލަދުވެތި" ދޯކާގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި އިންޑިއާއަށް ކުރާ އިތުބާރު މުޅިން ގެއްލިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުރިމަތިވާނެ ހުރިހާ ނަތީޖާއަކަށް އިންޑިއާ ސަރުކާރުން ޒިންމާވާން ޖެހޭނެ ކަމަށްވެސް އިރާނުގެ ބަޔާންތަކުގައިވެއެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާ ސަރުކާރުން އަދި ވަކި އެއްޗެއް ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު، ސަރަހައްދީ މަސްރަހު މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved