March 9, 2026
Advertisement
-
- / ފޮކްސް ނިއުސް

ބިމުގެ 100 ފޫޓް އަޑީގައި ބަންކަރު ތަކުގައި ފިލާތިބެ ސަހްޔޫނީންނަށްވެސް އިރާންގެ ހަމަލާތަކުގައި މަރުވަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 9, 2026, 11:18 AM
މާލެ ސިޓީ

އިރާނުން ސަހްޔޫނީންނަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާތަކަކީ މިހާތަނަށް އެ ސަރަހައްދުގައި ފެނިގެންދިޔަ އެންމެ ވަރުގަދަ އެއް ހަމަލާގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކޮށްފިއެވެ. މި ހަމަލާތަކުގެ ސަބަބުން، އިސްރާއީލުގެ އެންމެ ވަރުގަދަ ބަންކަރުތަކާއި ބިމުގެ 100 ފޫޓު އަޑީގައިވާ ރައްކާތެރި ތަންތަނުގައި ފިލާތިބި ސަހްޔޫނީންނަށް ވެސް މަރުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައިވާކަން ވަނީ ހާމަވެފައެވެ.

Advertisement

އިރާނުގެ އިސްލާމީ އިންގިލާބީ ގާޑުން (އައި.އާރު.ޖީ.ސީ) އިން ބުނެފައިވާ ގޮތުގައި، މި ހަމަލާތަކުގައި ބޭނުންކޮށްފައިވަނީ އަޑަށްވުރެ ހަތް ގުނަ ހަލުވި މިސައިލްތަކެވެ. މި މިސައިލްތަކަކީ ބިމުގެ ފުންމިނުގައި ހުންނަ ކޮންކްރީޓް އޮނިގަނޑުތައް ފޫއަޅުވާލުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރުތަކެކެވެ. ރިޕޯޓްތައް ބުނާގޮތުން، އިސްރާއީލުގެ އެންމެ ޒަމާނީ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށްފަހު، މިސައިލްތައް ވަނީ ކަނޑައެޅިފައިވާ އަމާޒުތަކަށް ސީދާ އަރާފައެވެ.

އިރާނުން މި ހަމަލާ ދޭންޖެހުނު ސަބަބަކީ، ސަހްޔޫނީންނާއި އެމެރިކާއިން އިރާން އާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނާއި، އިރާނުގެ އިސްވެރިން ޝަހީދުކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުންނެވެ. މި ހަމަލާތަކުގެ ބާރުގަދަކަމުން، އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކާއި ޖާސޫސީ އިދާރާތަކުގެ އަޑީގައި ހުރި "ސޭފް ރޫމް" ތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ދުނިޔޭގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ބިމުގެ 100 ފޫޓު އަޑީގައި ހުރި ބަންކަރުތަކުގައި ތިބި ސަހްޔޫނީ ސިފައިންނާއި އޮފިޝަލުން މަރުވަމުންދަނީ މިސައިލްތައް އެރުމާއެކު އުފެދޭ ގަދަ ލޮޅުމާއި، އޮނިގަނޑުތައް ވެއްޓުމުގެ ސަބަބުންނެވެ. މިއީ އިސްރާއީލުގެ ދިފާއީ އައްޑަނައަށް ލިބުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ބެލެވެއެވެ.

މި ހަމަލާތަކުން ސާފުވެގެން ދިޔައީ، ކިތަންމެ ވަރުގަދަ ބަންކަރުތަކެއްގައި ފިލާ ތިބި ނަމަވެސް، އިރާނުގެ ޒަމާނީ ހަތިޔާރުތަކުން ސަހްޔޫނީންނަށް ރައްކާތެރިކަން ނެތްކަމެވެ. މިއީ މުޅި މެދުއިރުމަތީގެ ބާރުގެ މިޒާން ބަދަލުވެގެންދާނެ ކަމެއް ކަމަށް އަސްކަރީ މާހިރުން ލަފާކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved