March 10, 2026
Advertisement
Trump
Trump / ނިއުސް ފަރސްޓް

ހަނގުރާމަ ހުއްޓަން ޓްރަމްޕް އިރާނަށް ގުޅަނީ. އިރާންއިން ޖަވާބު ނުދޭކަމަށް އިރާންގެ މީޑިއާ އިން ރިޕޯޓްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 10, 2026, 12:22 AM
މާލެ ސިޓީ

މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާއިން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހި، ހަނގުރާމައިގެ މައިދާނުގައި ބަލިވާނެކަން ޔަގީންވުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނަށް ގުޅަން ފަށައިފިއެވެ. އިރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އާދޭހާއެކު ޓްރަމްޕް ކުރަމުންދާ މި މަސައްކަތްތަކަށް އިރާނުން ވަނީ އެއްވެސް ޖަވާބެއް ނުދީ އަޅާނުލައި ދޫކޮށްލާފައެވެ.

Advertisement

މިކަމާ ގުޅޭގޮތުން ސިޔާސީ މުހައްލިލުން ބުނަމުންދަނީ، ޓްރަމްޕް މިފަދަ ފިޔަވަޅެއް މި އެޅީ އިރާނުގެ އަސްކަރީ ބާރުގަދަވެ، އެމެރިކާއާއި އިޒްރޭލުގެ ރޭވުންތައް ފޭލްވަމުންދާތީ ބިރުން ގޮތްހުސްވެގެން ކަމަށެވެ. ހަނގުރާމައިގެ މައިދާނުގައި ކުރިނުލިބުމުން، މިހާރު ޓްރަމްޕާއި އޭނާގެ ބައިވެރިން މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ މީޑިއާތަކަށް ދޮގު މައުލޫމާތު ފޯރުކޮށްދީގެން ހަގީގަތް އޮޅުވާލުމަށެވެ.

އެގޮތުން، އިރާނުން އެމެރިކާއަށް ހަމަލާދޭން އުޅޭކަމުގެ ދޮގު ވާހަކަތައް ފަތުރައި، އިރާނުން އަމިއްލައަށް އިރާނަށް ހަމަލާދީ އޭގެ ތުހުމަތު އެމެރިކާގެ ބޮލުގައި ދޮގު ވާހަކަތައް ފަތުރާ ދުނިޔޭގެ ކުރިމަތީގައި އެމެރިކާއާއި އިޒްރޭލަކީ ސުލްހައަށް ލޯބިކުރާ ބައެއްގެ ގޮތުގައި ދެއްކުމަށް ޓްރަމްޕް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ހަގީގަތަކީ ހަނގުރާމައިގެ މައިދާނުގައި ކުރިމަތިވަމުންދާ ބޮޑެތި ނާކާމިޔާބީތަކުގެ ސަބަބުން ޓްރަމްޕް މިހާރު ހުރީ އިންތިހާއަށް ބިރުގަނެ، ގޮތްހުސްވެފައި ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

އިރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި، ޓްރަމްޕް ތަކުރާރުކޮށް ގުޅަން މަސައްކަތް ކުރި ނަމަވެސް، އިރާނުން އެއްވެސް މުއާމަލާތެއް ކުރަން ބޭނުންނުވަނީ އެމެރިކާގެ މަކަރާއި ހީލަތްތެރިކަން ރަނގަޅަށް އެނގޭތީއެވެ. އަދި މިއީ އެމެރިކާގެ ބާރު ކެނޑި، ދުނިޔޭގެ ކުރިމަތީގައި އެމީހުންގެ ނުފޫޒު ގެއްލެމުންދާކަމުގެ ސާފު ހެއްކެކެވެ.

މި ދަނޑިވަޅުގައި ޓްރަމްޕް ދަނީ އޭނާގެ އަގު ހިފެހެއްޓުމަށްޓަކައި، އިރާނުން ހަނގުރާމަ ކުރިއަށްގެންދަން ބޭނުންވާ ކަމަށާއި، އެމެރިކާއިން ބޭނުންވަނީ ސުލްހަ ކަމަށް ބުނެ ދޮގު ޕްރޮޕެގެންޑާ ފަތުރަމުންނެވެ. އެހެންނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާ ގޮތުގައި މިއީ ހަނގުރާމައިގެ ބަލި ގަބޫލުކުރަން ޖެހިދާނެތީ، ސަލާމަތްވާނެ އިތުރު ގޮތެއް ނެތުމުން ޓްރަމްޕް ކުޅެމުންދާ ސިޔާސީ ޑްރާމާއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved