March 11, 2026
Advertisement
-
- / އަލްޖަޒީރާ

ބަންގްލަދޭޝްއަށް 5.7 މެގްނިޓިއުޑްގެ ބިންހެލުމެއް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 21, 2025, 07:16 PM
މާލެ ސިޓީ

ބަންގްލަދޭޝްއަށް 5.7 މެގްނިޓިއުޑްގެ ބިންހެލުމުގައި މިހާތަނަށް ތިން މީހުން މަރުވެފައިވާ ކަމަށް އެ ގައުމުން ރިޕޯޓްކޮށްފިއެވެ.

Advertisement

ބަންގްލަދޭޝްގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނީ މިއަދު ހެނދުނު އެ ގައުމުގެ ގަޑިން 10:38 ކަންހާއިރު، އައި މި ބިންހެލުމުގެ އަސަރު ކޮށްފައިވަނީ ވެރިރަށް ޑާކާގެ އުތުރުން 50 ކިލޯމީޓަރު ދުރުގައި އޮންނަ ނަރްސިންގްޑީ ޑިސްޓްރިކްޓްގެ ސަރަހައްދަކަށް ކަމަށެވެ.

މި ބިންހެލުމުގެ އަސަރު ކޮށްފައި ވަނީ ކުޑަ ސިކުންތު ކޮޅަކަށް ކަމަށް ވެސް ކަމާ ބެހޭ އިދާރާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މިހާތަނަށް ތިން މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވީނަމަވެސް މިއަދަދު އިތުރުވެދާނެ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެއެވެ. ބެންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި މީހުން ތިބިތޯ ޔަގީންކޮށް ސަލާމަތްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހެނދުނު ރިކޯޑް ކުރެވުނު ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު މިހާތަނަށް އެއްވެސް ގައުމަކަށް ނެރެފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved