
މާލެއާ 1205 ކިލޯމީޓަރު ކައިރިއަށް ބިންހެލުމެއް އަތުވެއްޖެއެވެ.
އިންޑިއާގެ ކަނޑުގެ ސަރަހައްދަަށް މި ބިންހެލުން އައިސްފައި ވަނީ 4.7 މެގްނެޓިއުޑް ބާރުމިނުގައެވެ.
އިންޑިއާގެ ބިންހެލުން މޮނީޓަރު ކުރާ މަރުކަޒުން ކުރި ޕޯސްޓެއްގައި ބުނީ މި ބިންހެލުން އައިސްފައި ވަނީ މާލެ އާ ހުޅަނގުން 1205 ކިލޯ މީޓަރު ކައިރިއަށް 10 ކިލޯމީޓަރު އަޑިން ކަމަށެވެ.
މި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ނުވަތަ ނުކުރާނެކަމެއް މޫސުމާ ބެހޭ ގައުމީ އިދާރަާއިން އަދި ހާމަކޮށްފައިނުވެއެވެ.
މީގެ ކުރިންވެސް ރާއްޖެ ކައިރިއަށް ބިންހެލުން އައިސްގެން ރިޕޯޓްކޮށްފައި ވެއެވެ.










