March 11, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ރިވެލި ބީޗް ރެސްޓޮރެންޓްގެ މުވައްޒަފުން މުޒާހަރާކޮށްފި

Yana Shareef
ޔާނާ ޝަރީފް
Mar 10, 2026, 10:25 PM

ހުޅުމާލެ ރިވެލި ބީޗް ރެސްޓޯރަންގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

ފުލުހުން ބުނީ، ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން، މުސާރައާ ގުޅޭ ކަންބޮޑުވުންތަކެއްގެ ސަބަބުން މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރާ ކަމުގެ މައުލޫމާތު، މިއަދު 15:50 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ތަނަށް ގޮސް، މުވައްޒަފުންނާއި މެނޭޖްމަންޓާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުން އެނގުނު ގޮތުގައި، މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމާއި، މުވައްޒަފުންގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކަށް މިހާރު ވެސް ވަނީ ހުށަހަޅާފައި ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ، މި މައްސަލަ ގާނޫނީ އުސޫލުތަކުގެ ތެރެއިން ހައްލުކުރުމަށް ފުލުހުން އެ ފަރާތްތަކަށް ވާނީ އިރުޝާދު ދީފައި ކަމަށެވެ. އަދި އަމަންއަމާންކަން ދެމެހެއްޓުމަށާއި ގާނޫނާ ހިފު އެއްވެސް ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ، އިހުތިޖާޖު ކުރުމުގައި އެއްވެސް ހަމަނުޖެހުމެއް ނުވަތަ ގާނޫނާ ހިލާފު ކަމެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved