March 2, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ހަބަރު ހުސްވެގެން ފަރުވާދެމުންދަނިކޮށް އަމްޖޭ ކުއްލި ގޮތަކަށް ނިޔާވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Jan 8, 2026, 10:06 PM

ޓިކްޓޮކްގައި މަޝްހޫރުވި އަލީ އަމްޖަދު (އަމްޖޭ) ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.

Advertisement

އޭނާ މަރުވީ ސީދާ ކޮން ސަބަބަކާ ހުރެކަމެއް ސާފެއް ނުވެއެވެ. އޭނާއަކީ ބޯޓެއްގައި މަސައްކަތްކުރާ މީހެކެވެ. އަމްޖު ނިޔާވެފައި ވަނީ ތިލަފުށީގައި މަސައްކަތް ކުރަން ހުއްޓާ ހަބަރު ހުސްވެގެން ވެއްޓީފައި އޮއްވާ ފެނިގެން، އޭނާ އައިޖީއެމްއެޗްއަށް ގެނެސް ފަރުވާ ދެމުން ދަނިކޮށެވެ. 

އަމްޖޭއަކީ ޓިކްޓޮކްގައި ގިނަ ބަޔަކު ދަންނަ މޫނެކެވެ. ވަރަށް ގިނަ ލައިވްތަކުގައި އޭނާ ދައްކާ ވާހަކަތައް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިއްސާކުރެ އެވެ. އަދި ބައެއް ވާހަކަތަކަށް ފާޑުކިޔުން ވެސް އަމާޒުވެއެވެ.

އަމްޖު ނިޔާވިއިރު އޭނާ އުޅުނީ ޓިކްޓޮކުން ގިނަ ބަޔަކު ދަންނަ ހަބީބާއާ ކައިވެނި ކޮށްގެންނެވެ. އަދި އެހެން މީހަކާ ކުރި ކައިވެންޏަށް އޭނާގެ ދަރިއަކު ވެސް ހުރެއެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved