March 2, 2026
Advertisement
-
- / ސޯޝަލް މީޑިއާ

"ލިލީ" ފިލްމަށް އާންމުންގެ ބޮޑު ތަރުހީބަކާއިއެކު 2 ފަހަރު މަތިން ފިލްމު އަޅުވާ ނިންމާލައިފި

Faina Faiz
ފައިނާ ފާއިޒް
Dec 30, 2025, 10:43 PM
މާލެ ސިޓީ

"ލިލީ" ފިލްމަށް އާންމުންގެ ބޮޑު ތަރުހީބަކާއިއެކު 2 ފަހަރު މަތިން ފިލްމު އަޅުވާ ނިންމާލައިފިއެވެ.

Advertisement

ހަގީގީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ، މި ފިލްމު ވެގެން ދިޔައީ ދިވެހި ފިލްމީ ދާއިރާގައި މުޅިން އަލަށް ފެނިގެން އައި މުޖުތަމުއުގެ ބައެއް މީހުން ހަގީގަތުގައިވެސް ދިރިއުޅެމުން އަންނަ ހިތާމައިން ފުރިގެންވާ ދިރިއުޅުންތަކެއް ދައްކުވާދެވޭ ފިލްމަކަށެވެ.

"ލިލީ" މިއީ އާންމުގޮތެއްގައި ރާއްޖޭގެ ސިނަމާއިން ނުފެންނަ، ކްރައިމް ތްރިލާއެކެވެ. އަޒްހާން އިބްރާހިމް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ އައިޝާ، ޝާރިފް، އިޝްފާން، އަދި ޝިމާއެވެ.

ލިލީއަކީ މައިވަންތަކަމުގެ ލޯބިން މަހުރޫމުވެ ހެދިބޮޑުވަމުން އަންނަ އަންހެން ކުއްޖެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. މިއީ އަސަރުގަދަ އަދި ވަރުގަދަ ސަސްޕެންސެއް ހިފެހެއްޓިފައިވާ މޮޅު ފިލްމެއްކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ފިލްމުގެ އެންމެ ފަހު ވަގުތަށް ޖެހެންދެންވެސް ބެލުންތެރިން ތިބީ ނޭވާ ހިފާއްޓާއިގެންނެވެ. ލިޔުންތެރިން އަދި އެކްޓަރުން ސަސްޕެންސް ހިފާއްޓާލާފައި ވަނީ ބެލުންތެރިންނަށް ހައިރާންކަން ގެނުވާފައިއެވެ.

ސަސްޕެންސުން ފުރިގެންވާ މި ފިލްމު ނިމިގެން ދިޔައީ ހީވެސް ނުކުރާފަދައިން ބެލުނެތެރިން ރޮއްވާލާފައިއެވެ. ހަގީގަތުގައިވެސް ފިލްމުގެ ބަތަލާ، ޝައުފާ (ލީޑް ބަތަލާ، އައިޝާ) ގެ ވޭނީ ހިތާމަ ބެލުންތެރިންނަށް އިހުސާސް ކުރެވުނު ފަދައެވެ.

ރާއްޖޭގެ މުޖުތަމައުގައި އާންމުކޮށް ނުދައްކާފަދަ ނަމަވެސް ދައްކަން ޖެހޭ ވާހަކަތަކެއް މި ފިލްމުން ދައްކުވާދިނީ ހަގީގަތުގައިވެސް ބެލުންތެރިންގެ ހިތްތަކުން ޖާގައެއް ހޯދާ މި ކަންތައްތަކާއި މެދު ފަހުން ފުންކޯށް ވިސްނާލުމަށް މަޖުބޫރުކުރުވާނެ ފަދައިންނެވެ.

ލިލީގެ އެންމެ ފަހު ޝޯއާއި ހަމައާއި ޖެހެންދެންވެސް އޮލިމްޕަސްގެ ޝޯވތައް ވަނީ ހައުސްފުލްކޮށް ވިކިފައިއެވެ. މި ފިލްމު ވެގެން ދިޔައީ ދިވެހިންނަށް ލިބެން ޖެހޭ އެތައް މެސެޖެއް ދައްކުވާދިން އިންގިލާބީ ފިލްމަކަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved