March 26, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ޖަޕާނު އެމްބަސީގައި މަހުލޫފް މާހެފުމެއް ބާއްވައިފި

Yana Shareef
ޔާނާ ޝަރީފް
Feb 8, 2026, 06:08 AM

ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން، ޖަޕާނުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށް ޚާއްޞަކޮށްގެން ޖަޕާނަށް ރާއްޖޭން ކަނޑައަޅާފައި ހުންނަ ސަފީރު އަހުމަދު މަހުލޫފް މާހެފުމެއް ބާއްވައިފިއެވެ.

Advertisement

މިކަން ހާމަކޮށްފައިވަނީ މަހުލޫފް އެކްސްގައި މާހެފުމުގެ ފޮޓޯތައް ހިއްސާކުރައްވައެވެ.

މަހުލޫފް ވިދާޅުވީ މި މާހެފުން ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ޖަޕާނުގައި ދިރިއުޅޭ ދިވެހިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް ތަޢާރަފުވެ، އެކުވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ބޭނުމުގައެވެ.

މި ޙަފުލާގައި ބައިވެރިވި ގިނަ ޢާއިލާތަކުން ވަނީ މިއީ ދުރުގައި ތިބި ނަމަވެސް ދިވެހިވަންތަކަން އިޙްސާސްކޮށްދިން ވަރަށް އުފާވެރި ބައްދަލުވުމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

މަހުލޫފް ވިދާޅުވީ، މިފަދަ ބައްދަލުވުމެއްގެ ސަބަބުން ދިވެހި އާއިލާތަކާ ބައްދަލުވެ، އެބޭފުޅުންގެ ޙާލުބަލައި، ގާތް ގުޅުމެއް އުފެއްދުމުގެ ފުރުޞަތު ލިބިގެންދިޔުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved