April 4, 2026
Advertisement
-
- / ގަލްފް ޓައިމްސް

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުން ނަމަ ރާއްޖެއަށް ހަނދު ފެންމަތީ ހުންނާނެ ކަމަށް ފެންނާތީ މާދަމާ އަކީ މުލަ ރޯދަ ދުވަސް ކަމަށް ކަނޑައަޅައިފި

Feb 18, 2026, 01:34 AM
މާލެ ސިޓީ

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުން ނަމަ ރާއްޖެއަށް ހަނދު ފެންމތަި ހުންނާނެ ކަމަށް ފެންނާތީ މާދަމާ އަކީ މުލަ ރޯދަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

Advertisement


މިފަދައިން ކަނޑައަޅާފައިވަނީ، ހަނދު ސާބިތުކުރުމަށް ޓަކައި މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައެވެ.

ހަނދު ސާބިތުވިކަން އިޢުލާންކުރައްވައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސޮއިކުރެއްވި ހަނދާބެހޭ ބަޔާން ވަނީ ޖަލްސާގައި އިއްވައިފައެވެ.

ބަޔާން އިއްވާ ދެމުން ހާމަކޮށްފައިވަނީ، ޙިޖްރީ ސަނަތުން 1447 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވީ އަންގާރަ ދުވަހުގެ އިރު އޮއްސުމުގެ ފަހުން، ބައެއް އިސްލާމީ ޤައުމުތަކަށް 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރުޢީ ހަމަތަކުން ސާބިތުވެފައިވާ ކަމަށާ އަދި ފަލަކީ ހިސާބުތަކުން ރާއްޖެއާ ބައެއް އެހެން އިސްލާމީ ސަރަހައްދީ ގައުމުތަކަށްވެސް ހަނދު، އިރުއޮއްސުމަށް ފަހު ފެނުން މަތީ ހުންނާނެ ކަމަށް ދައްކާފައިވާތީ މާދަމާއަކީ ރާއްޖެއަށް މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ރޯދަ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ސައުދީ އަރަބިއްޔާއިން ވެސް ވަނީ އެ ގައުމަށް ހަނދު ސާބިތުކުރެވިފައިވާތީ މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅައިފައެވެ. ނަމަވެސް އިސްލާމީ ބައެއް އެހެން ގައުމުތަކުގައި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަހެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved