April 4, 2026
Advertisement
ގައުމުގައި ހުރި ދަތިތައް ފިލާ ރައްޔިތުންނަށް ފަސޭހަ ދުވަސްތަކެއް ދެއްކެވުމަކީ އަޅުގަޑުގެ ދުއާ: ރައީސް ޔާމީން
ގައުމުގައި ހުރި ދަތިތައް ފިލާ ރައްޔިތުންނަށް ފަސޭހަ ދުވަސްތަކެއް ދެއްކެވުމަކީ އަޅުގަޑުގެ ދުއާ: ރައީސް ޔާމީން / ތޭރަ އޮންލައިން

ގައުމުގައި ހުރި ދަތިތައް ފިލާ ރައްޔިތުންނަށް ފަސޭހަ ދުވަސްތަކެއް ދެއްކެވުމަކީ އަޅުގަޑުގެ ދުއާ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 18, 2026, 01:58 AM
މާލެ ސިޓީ

ގައުމުގައި ހުރި ދަތިތައް ފިލާ ރައްޔިތުންނަށް ފަސޭހަ ދުވަސްތަކެއް ދެއްކެވުމަކީ އެމަނިކުފާނުގެ ދުއާ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ އެދުންތައް ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވަވާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.



ރަމަަޟާން މަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ރަމަޟާން މަހާ ބައްދަލުކުރުމުގެ ހެޔޮ ތައުފީޤު މިންވަރުކުރެއްވުމަކީ ﷲގެ ހަޟްރަތަށް ޝުކުރުވެރިވާންޖެހޭ ކަމެއްކަމަށެވެ.
އަދި މި ބަރަކާތްތެރި މައްސަރުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާ އެކު ދަންނަވާ ކަމަށް ވެސް އެ މަނިކުފާނުވަނީ ވިދާޅުވެފައެވެ.

މި މުނާސަބަތުގެ ތަހުނިޔާ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށް ވެސް ދަންނަވާ ކަމަށް. އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.



މީގެ އިތުރުން މި މައްސަރަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވީހިނދު، މި މައްސަރުގެ މާތްކަމާއި އިތުރުކަން ބޮޑުވެގެންވާ ކަން ފާހަގަކުރައްވަމުން އެ މަނިކުފާނުވަނީ މި މައްސަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިލްތިމާސްކުރައްވައިފައެވެ.

އެގޮތުން ރޯދައިގެ މަތިވެރި އަޅުކަން ފަރުވާތެރިކަމާއެކު އަދާކޮށް، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްސަ އަހައްމިއްޔަތެއް ދީގެން މި މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ވެސް ރައީސް ޔާމީން ވަނީ އެންމެހައި ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ގައުމުގައި ހުރި ދަތިތައް ފިލާ ރައްޔިތުންނަށް ފަސޭހަ ދުވަސްތަކެއް ދެއްކެވުމަކީ އެމަނިކުފާނުގެ ދުއާ ކަމަށެވެ.

ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ރަމަޟާން މަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވައިފައިވާއިރު މިއަހަރުގެ ރަމަޝާން މަހުގެ ފުރަތަމަ ދުވަހަކީ 18 ފެބްރުއަރީ 2026 ވާ ބުދަ ދުވަސް ކަމަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހު ވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved