ކޮންމެ ރޯދަމަހެކޭ ވެސް އެއްފަދައިން މި އަހަރުގެ ރޯދަ މަހުގެ ވެސް ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ކަނޑައަޅައިފިއެވެ.
ރައީސުލްޖްމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، 1447 ވަނަ އަަހަރުގެ ރޯދަ މަހުގެ ރަސްމީ ގަޑިއަކީ އެހެން ރޯދަމަސްތަކެކޭ އެއް ފަދައިން 6 ގަޑިއިރު ކަމަށެވެ. އެގޮތުން 9:00 އިން 1:00 އަށް ރަސްމީ ގަޑީގެ ގޮތުގައި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނުވަތަ ހަ ރޯދައިގެ ދުވަސްތަކުގައި ވެސް އޮންނާނެ ކަމަށް ވެސް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން މި ސަރުކާރު އައި ފަހުން ރޯދަ މަހުގެ ފަހު 10 ދުވަސް އެއީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ.