April 10, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މަރާމާތަށް ރަސްފަންނުގެ ބައެއް ސަރަހައްދުތައް ބަންދުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 10, 2026, 02:47 PM
މާލެ ސިޓީ

މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު ސަރަހައްދު މަރާމާތުކުރުމަށްޓަކައި އެ ތަނުގެ އެކި ސަރަހައްދުތައް ވަގުތީގޮތުން ބަންދުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން ނިންމައިފިއެވެ.

Advertisement

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، އިއްޔެއިން ފެށިގެން ރަސްފަންނު މަރާމާތުކުރުމުގެ އަމަލީ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި، މަރާމާތު ކުރަމުންދާ ވަކިވަކި ސަރަހައްދުތައް އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކުރަމުން ގެންދާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ރަސްފަންނު ސަރަހައްދުގައި ހުރި ވަސީލަތްތައް ބޭނުންނުކުރެވޭ ވަރަށް ވީރާނާވެފައިވާތީ، މީގެ ކުރިންވެސް އާންމުންގެ ފާޑުކިޔުންތައް އެ ސަރަހައްދަށް ވަނީ އަމާޒުވެފައެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި، ރަސްފަންނު ސަރަހައްދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ތަރައްގީކުރެއްވި ތަނެކެވެ. މި ފެށުނު މަރާމާތުގެ މަސައްކަތަކީ އެ ސަރަހައްދުގެ ފެންވަރު އަލުން ރަނގަޅުކޮށް، އާންމުންނަށް ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި ބޭއްވުމަށް ކުރެވޭ މަސައްކަތެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved