April 12, 2026
Advertisement
.
.

އިބްރޭ އާއި މައުރޫފްގެ މަގާމު އިޔާދަކޮށްފި

Apr 12, 2026, 01:55 PM

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ޗެއަރޕާސަންގެ މަޤާމުން އިބްރާހިމް ވަހީދު އަދި ލީގަލް ޑިރެކްޓަރުގެ މަގާމުން ދާދިފަހުން ވަކިކުރި އަޙްމަދު މައުރޫފްގެ މަގާމު އަލުން އިއާދަކޮށްފިއެވެ.

Advertisement

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ ވަނީ އިބްރޭ އާއި މައުރޫފްގެ މަގާމު އިއާދަކުރިކަން ރަސްމީކޮށް ހާމަކުރައްވާފައެވެ.

އަދި ޣަފޫރުގެ އިތުބާރު ނެތްކަމަށް ކަނޑައަޅައި ދިނުމަށް އެދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮޔާއެކު މިދިޔަ ބުދަ ދުވަހު ހުށަހެޅި މައްސަލަ ވެސް މިހާރު އަނބުރާ ގެންގޮސްފައިވާކަމަށް ރޭގެ ޖަލްސާގައި ވަނީ އިއުލާނު ކުރައްވާފައެވެ.

އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދުނީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދިނުމަށް ނިންމުމުންނެވެ. ެެއެ އަށްފަހު ޕާޓީގެ އެތެރޭގެ ހިޔާލުތަފާތުވުންތައް އުފެދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު އާއި ޕާޓީގެ ލީގަލް ޑިރެކްޓަރު އަޙްމަދު މައުރޫފް މަޤާމުން ވަކިކުރިކަން އެ ބޭފުޅުންނަށް އެންގީ މި މަހުގެ 7ވަނަ ދުވަހު ޣަފޫރު ސޮއި ކުރައްވާ ފޮނުއްވި ސިޓީއެއްގައެވެ.

އަސާސީ ގަވާއިދުގެ 100 ވަނަ މާއްދާގައި ވާގޮތުން އިންތިހާބީ މަގާމުތަކަށް އިންތިހާބުވެފައި ތިބި މީހުން ދައުރު ހަމަވަންދެން ދެމިތިބޭނެއެވެ. 

ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތައް ހައްލުކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ އެ މަޖިލިހުގެ ގޮނޑިއެއް ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ހަމަޖެއްސުމަށްޓަކައި އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ވެސް ފާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved