މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާހީމް ނާޒިލް / ތޭރަގްރެފިކްސް
ސިޔާސީ
މަޖިލިސް ރައީސް އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރާއި ބައްދަލު ކުރައްވައިފި!
Hussain Nawaf
ހުސައިން ނަވާފް
04 ފެބްރުއަރީ 2025

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމު އަބްދުﷲ އާ ގާތް ގުޅުން އޮންނަ އަދި އާއިލީ ގޮތުން ގުޅުން އޮންނަ އެކި އެކި ފަރާތްތައް ސަރުކާރުގެ މަގާމުތަކުން ވަކިކުރަން ފަށާފައިވަނިކޮށް އިދިކޮޅު މޯލްޑިވިއަން ޑިމޮކޮރަޓިކް ޕާޓީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލާއި ބައްދަލު ކުރައްވައިފިކަން ހާމަވެއްޖެއެވެ.

މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ އަންގާރަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އަދި މި ކަންވަނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިލްވަނީ ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފައެވެ.

އެގޮތުން ގިނަ ވާހަކަތަކެއް ދެކެވުންކަން ނާޒިލްވަނީ ރާއްޖެއެމްވީއަށް ހާމަކޮށްފައެވެ. ނަމަވެސް ދެއްކެވި ވާހަކަތަކުގެ ތަފްސީލެއް ނުދެެއްވައެވެ.

އަބްދުއްރަހީމު އާ ގާތް ގުޅުން އޮންނަ އަދި އާއިލީ ގޮތުން ގުޅުން އޮންނަ އެކި އެކި ފަރާތްތައް ސަރުކާރުގެ މަގާމުތަކުން ވަކިކުރަން ފަށާފައިވާ އިރު މި ސިލްސިލާގައި އެންމެންނަށް ހައިރާންކަން ގެނުވި ކަމަކީ އަބްދުއްރަހީމުގެ ދަރި، އިބްރާހިމު ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރި ކުރުމެވެ.

އޭގެ ފަހުން އެއް ހަފްތާ ނުވެ ދެން އިވިގެން ދިޔައީ، އަބްދުއްރަހީމުގެ ދަރީގެ ބަފައިބެ، އެމްޕީއެލްއެގެ ސީއީއޯ މުހައްމަދު ވަޖީހު މަގާމުން ވަކިކުރި ޚަބަރެވެ. އެ މައްޗަށް ގަޑިއިރުތަކެއް ނުވަނީސް ފައިސަލްގެ އަނބިމީހާގެ ބޭބެ، ހަސަން އިރުފާން، ސިޓީސް ލޯކަލް ގަވަންމަންޓު އެންޑް ޕަބްލިކު ވޯކްސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ވަކިކުރިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved