
ފުވައްމުލައް ސިޓީގެ ރަންގޮނޑީގެ ގޮތުގައި މަޝްހުރުވެފައިވާ އެ ސިޓީގެ ދަޑިމަގު ދާއިރާގެ ގޮނޑި، ސަރުކާރުގެ ކެންޑިޑޭޓް ބަލިކޮށް، އަމިއްލަގޮތުން ވާދަކުރެއްވި ޝީޒާ އިބްރާހީމް ކާމިޔާބުކޮށްފިއެވެ.
ޝީޒާ މި އިންތިހާބު ކާޟިޔާބުކުރީ މިހާރު އެ ދާއިރާ ތަމްސީލުކުރަމުންދާ ކައުންސިލަރު އައިޝަތު އަބްދުލް ގާދިރުއާ ވާދަކޮށެވެ. ސަރުކާރުން މި ގޮނޑި ކާމިޔާބު ކުރުމަށް ހުރިހާ ނުފޫޒެއް ބޭނުންކޮށްފައިވާއިރު، 32 ވޯޓުގެ ތަފާތުން އިންތިހާބު ކާމިޔާބު ކުރެއްވީ ޝީޒާއެވެ.
އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އަބްދުލްގާދިރަށް ލިބިފައި ވަނީ 562 ވޯޓެވެ. އަމިއްލަގޮތުން ވާދަކުރެއްވި ޝީޒާއަށް 594 ވޯޓު ލިބިވަޑައިގަތެވެ.
ޝީޒާ މި ދާއިރާގެ އިންތިހާބު ކާމިޔާބު މިކުރީ ފުރަތަމަ ބުރުގެ ވޯޓުން ނަތީޖާ އެއްވަރުވުމުން ބޭއްވި ދެވަނަ ބުރުގެ ވޯޓުންނެވެ.




