April 5, 2026
Advertisement
ސިޓީތަކުގެ މަތިން ދޫނިތައް ފަހާލާ މޭޔަރުކަމަށް އެމްޑީޕީ!
ސިޓީތަކުގެ މަތިން ދޫނިތައް ފަހާލާ މޭޔަރުކަމަށް އެމްޑީޕީ! / ތޭރަގްރެފިކްސް

ސިޓީތަކުގެ މަތިން ދޫނިތައް ފަހާލާ މޭޔަރުކަމަށް އެމްޑީޕީ!

Mariyam Isaadha
މަރިޔަމް އިސާދާ
Apr 4, 2026, 10:00 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ހުރިހާ ސިޓީތަކުގެ މޭޔަރުކަމަށް އެމްޑީޕީގެ ކެންޑިޑޭޓުން އިންތިހާބުވެފައިވާކަމަށް ވަގުތީ ނަތީޖާތަކުން ދައްކައިފިއެވެ.

Advertisement

އެގޮތުން ވަގުތީ ނަތީޖާ ދައްކާ ގޮތުން މާލޭ ސިޓީގެ މޭޔަރުކަމަށް އާދަމް އާޒިމް ހޮވިފައިވާއިރު، އައްޑު ސިޓީއަށް ހޮވިފައިވަނީ އަލީ ނިޒާރެވެ. ތިނަދޫ ސިޓީއަށް ސައުދު އަލީ ހޮވުނު ކަމަށް ވަގުތީ ނަތީޖާ ދައްކާއިރު، ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ވެސް ހޮވިފައިވަނީ އެމްޑީޕީ ކެންޑިޑޭޓު މުހައްމަދު އާތިފެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގެ މޭޔަރުކަން ވެެސް ކާމިޔާބުކޮށްފައިވަނީ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުހައްމަދު ރަފީގެވެ.

މި ބޭފުޅުންނަކީ މިހާރުވެސް އެ ސިޓީތަކުގެ މޭޔަރުކަމުގައި ތިއްްބަވާ ގޮނޑި ދިފާއުކުރެއްވި ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.

މީގެ ތެރެއިން މިހާރު ލިބިފައިވާ ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، ތިނަދޫ މޭޔަރު ސައުދު މޭޔަރުކަން ދިފާއުކުރެއްވީ %52 ވޯޓާ އެކު އެވެ. ސައުދަށް މިހާތަނަށް ގާތްގަނޑަށް 1500 އެއްހާ ވޯޓު ލިބިފައިވެއެވެ. ސައުދާއި އެންމެ ގާތުން ވާދަކުރައްވަނީ، %47 ވޯޓާ އެކު އަޖީބެވެ. އޭނާއަށް ގާތްގަނޑަށް 1400އެއްހާ ވޯޓު މިހާތަނަށް ލިބިފައިވެ އެވެ. 

ހަމައެހެންމެ، މިހާތަނަށް ގުނާފައިވާ ވޯޓުފޮށީގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، %46 ވޯޓާ އެކު މޭޔަރުގެ ގޮނޑި އާޒިމް ދިފާއުކުރެއްވިއިރު ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އާޒިމަށް ލިބިފައިވަނީ،  4000އެއްހާ ވޯޓެވެ.

މިއީ ޕީއެންސީ ނޫން ގޮތެއް ސިޓީތަކުން ބޭނުންވިކަމުގެ ފުރިހަމަ ހެއްކެކެވެ.

މިއަދު ބޭއްވި އިންތިހާބުގައި ގާތްގަނޑަަކަށް 70 އިންސައްތަ މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލު އިންތިހާބުގެ އިތުރުން އަންހެނުންގެ ކޮމިޓީގެ އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އާންމު އިންތިހާބުގެ މިހާތަނަށް ލިބުނު ނަތީޖާތަކުން ދައްކާގޮތުން ދެ އިންތިހާބު އެއްކޮށްލުމަށް ގިނަ ރައްޔިތުން ބުނީ ނުފެންނަކަމަށެވެ.މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،876 މީހުނަށް ލިބުނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved